ބޯހިޔާވަހިކަން އެންމެންނަށް ސިޔާސަތާއި، ބިންވެރިޔާ ސްކީމްގެ އެންމެފަހުގެ މަޢުލޫމާތުތައް ހޯދުމަށް ބޯހިޔާވަހިކަމުގެ ޕްރޮގްރާމުތަކަށް ޚާއްސަ ވައިބަރ ކޮމިއުނިޓީތަކެއް ހަދައިފިއެވެ.
ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވަނީ، ބޯހިޔާވަހިކަން އެންމެންނަށް ސިޔާސަތާއި ބިންވެރިޔާ ސްކީމްގެ އެންމެފަހުގެ މަޢުލޫމާތުތައް ހޯދުމަށް ބޯހިޔާވަހިކަމުގެ ޕްރޮގްރާމުތަކުގެ ވައިބަރ ކޮމިއުނިޓީތަކާ ގުޅުމަށް އިލްތިމާސްކޮށްފައެވެ. މިގޮތުން 4 ވައިބަރ ކޮމިއުނިޓީއެއް އުފައްދާފައިވެއެވެ. އޭގެ ތެރޭގައި ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބިފައިވާ ފަރާތްތަކަށް ޚާއްސަ 3 ވައިބަރ ކޮމިއުނިޓީއެއް ހިމެނެއެވެ.
•"ބިންވެރިޔާ ހުޅުމާލެ" ވައިބަރ ކޮމިއުނިޓީ
•"ބިންވެރިޔާ ގުޅިފަޅު" ވައިބަރ ކޮމިއުނިޓީ
• "ބިންވެރިޔާ ގިރާވަރުފަޅު" ވައިބަރ ކޮމިއުނިޓީ
•"ބޯހިޔާވަހިކަން އެންމެންނަށް" ވައިބަރ ކޮމިއުނިޓީ
ބޯހިޔާވަހިކަން އެންމެންނަށް ސިޔާސަތާއި ބިންވެރިޔާ ސްކީމްގެ އެންމެ ފަހުގެ މަޢުލޫމާތުތައް ހޯދުމަށް ބޯހިޔާވަހިކަމުގެ ޕްރޮގްރާމުތަކުގެ ވައިބަރ ކޮމިއުނިޓީތަކާ ގުޅިވަޑައިގަންނަވާ!
— Ministry of Infrastructure, Housing and Urban Dev. (@MIHUDmv) July 6, 2026
ބޯހިޔާވަހިކަން އެންމެންނަށް: https://t.co/e4W0uX8ljQ
ބިންވެރިޔާ - ގުޅީފަޅު: https://t.co/hGdH2Qr87P… pic.twitter.com/CRk0qx965w
ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ގޯއްޗާއި، ފްލެޓަށް އެދި ހުށައެޅުމަށް ހުޅުވާލުމުން ބައިލައްކަ އަށްވުރެ ގިނަ އެޕްލިކޭޝަން ވަނީ ހުށަހަޅާފައެވެ. ފްލެޓަށް އެދި އެކަނިވެސް 35،930 އެޕްލިކޭޝަން ހުށަހަޅާފައިވެއެވެ. ގޯއްޗަށް އެދި ހުށަހަޅާފައިވަނީ، 22،575 އެޕްލިކޭޝަނެކެވެ.
"ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމުގެ ދަށުން ފްލެޓާއި، ގޯއްޗަށް އެދި ޖުމްލަ 45،644 އެޕްލިކޭޝަން ވަނީ ހުށަހަޅާފައެވެ. މީގެ ތެރޭގައި ފްލެޓަށް އެދި 35،818 އެޕްލިކޭޝަން އަދި ގޯއްޗަށް އެދި 9،826 އެޕްލިކޭޝަން ހުށަހަޅާފައިވެއެވެ.
"ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ "ގޯތިގެދޮރު" ޕްރޮގްރާމުގެ ދަށުން ހުށަހަޅާފައިވަނީ، ޖުމްލަ 12،861 އެޕްލިކޭޝަނެވެ. އޭގެ ތެރޭގައި ފްލެޓަށް އެދި ހުށަހެޅި 112 އެޕްލިކޭޝަނާއި، ގޯއްޗަށް އެދި ހުށަހެޅި 12،749 އެޕްލިކޭޝަން ހިމެނެއެވެ.
މި ސްކީމުގެ ދަށުން ގްރޭޓަރ މާލެ ސަރަހައްދުންނާއި، ރަސްމާލެ ހިމެނޭހެން 15,000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މާލެ ސަރަޙައްދުން 7,900 ފްލެޓް ދޫކުރުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ. އަދި ފްލެޓް ދޫކުރުމުގައި މާލޭގެ ރަށްވެހިންނަށް 4,000 ފްލެޓް، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 1,500 ފްލެޓް އަދި ޚާއްޞަ އިސްކަންދޭ ކެޓަގަރީތަކަށް 2,400 ފްލެޓް ވަނީ ކަނޑައަޅާފައެވެ.
ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން މިހާރު އަންނަނީ، އެޕްލިކޭޝަންތަކުގެ ކްރޮސް ވެރިފިކޭޝަންގެ މަސައްކަތްތައް ކުރަމުންނެވެ.