ޚަބަރު

ސަފީރުންނަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދެއްވައިފި


ހަތަރު ޤައުމަކަށް ރާއްޖެއިން ކަނޑައަޅާ ސަފީރުންނަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދެއްވައިފިއެވެ.

އެގޮތުން މަޖިލީހުން ރުހުން ދެއްވާފައި 4 ބޭފުޅުންނަކީ، ޖަރުމަނުވިލާތުގައި ހުންނަވާ ދިވެހި ސަފީރުކަމުގެ މަގާމަށް ސިވިލް ސާރވިސް ކޮމިޝަންގެ ނާއިބު ރައީސް ޖަމީލާ އަލީ ހާލިދު، ބަންގްލަދޭޝްގައި ހުންނަވާ ދިވެހި ސަފީރުކަމުގެ މަގާމަށް ގ.ޕެންޒީމާގޭ އައިޝަތު ޝާން ޝާކިރު، ރިޕަބްލިކް އޮފް ސިންގަޕޫރަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެޒިޑެންޓް ސަފީރުކަމަށް ހ. މީނާޒް، ޙަމްދޫން ޢަބްދުﷲ ޙަމީދު އަދި، ކިންގްޑަމް އޮފް ތައިލެންޑަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެޒިޑެންޓް ސަފީރުކަމަށް މއ.ރެސްޓިންގހައުސް، ފާޠިމަތު ޢިނާޔާއެވެ.

މީގެ އިތުރުން ދިވެހި އެމްބަސީއެއް ޖަރުމަނުވިލާތުގައި ޤާއިމުކުރައްވާ އެތަން ފޮރިން މިނިސްޓްރީގެ ދަށުން ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާތީ ފޮރިން މިނިސްޓްރީގެ މަސައްކަތްތަކަށް ގެންނެވި ބަދަލުތަކާއި، މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑާގެ ނަން މިނިސްޓްރީ އޮފް ފެމިލީ އެންޑް ޖެންޑާގެ ނަމަށް ބަދަލު ގެންނެވި މައްސަލަވެސް ވަނީ ފާސްކުރައްވާފައެވެ. އަދި ޖެންޑަރ މިނިސްޓްރީގެ ދަށުން ހިންގަވަމުން ގެންދެވި ކުޑަކުދިންނަށް ތައުލީމާއި މަސައްކަތް އުގަންނައިދޭ މަރުކަޒު ހޯމް މިނިސްޓްރީގެ ދަށަށް ބަދަލުކުރެއްވި މައްސަލަވެސް މަޖިލީހުން މިއަދު ވަނީ ފާސްކުރައްވާފައެވެ.