ކުޅިވަރު

ކޯޗާރސް ކޮމިޝަންއަށް 10 މެންބަރުން ކުރިމަތިލައިފި


ވޮލީ ބޯލް އެސޯސިއޭޝަންގެ ކޯޗާރސް ކޮމިޝަންއަށް 10 މެމްބަރުން އަދި ޗެއާރމަން ކަމަށް 2 މެންބަރުން ކުރިމަތިލައިފިއެވެ. 

ކޯޗަރސް ކޮމިޝަން، ރެފްރީޒް ކޮމިޝަން އަދި ބީޗް ކޮމިޝަންގެ މަގާމްތަށް މެންބަރުން ހޮވުމަށް މިމަހުގެ 24ވަނަ ދުވަހު ހާއްސަ ކޮންގްރެސްއެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. ވޮލީ ބޯލް އެސޯސިއޭޝަންގެ ކޯޗާރސް ކޮމިޝަންގެ ޗެއާރމަންކަމަށް ކުރިމަތިލާފައިވަނީ އިބްރާހީމް ޝިހާމް އާއި އަހުމަދު އަދީލްއެވެ. ކޯޗާރސް ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލާފައިވަނީ 10 ފަރާތަކުންނެވެ. އެއީ ފަތުޙުﷲ ވަހީދު، އަބްދުއް ސަލާމް، އިބްރާހީމް ޖަލީލް، އިބްރާހީމް ވިޝާމް، ނިޒާރު އިބްރާހީމް، އަހުމަދު މިހާދު، އައިޝަތު ނާޒިމާ، މުހައްމަދު ފައިސަލް، އާމިނަތު ޒީނާ އަދި މުމްތާޒު އަލީއެވެ. ކޯޗާރސް ކޮމިޝަންއަށް 10 މެންބަރުން ކުރިމަތިލާފައިވާއިރު، އެކޮމިޝަންއަށް ހޮވުމަށް ހަމަޖެހިފައިވަނީ 6 މެންބަރުންނެވެ.

img:http://s4.psmnews.mv/images/660x400/14771436991533.jpg|ވޮލީ ބޯލް އެސޯސިއޭޝަންގައި ކުރިއަށްދިޔަ މީޓިން (ފޮޓޯ: ވީއޭއެމް)

ރެފްރީޒް ކޮމިޝަންގެ ޗެއާރމަންކަމަށް ކުރިމަތިލާފައިވަނީ އަހުމަދު ނާޝިދު އެކަންޏެވެ. ރެފްރީޒް ކޮމިޝަން މެންބަރުކަމަށް 7 ފަރާތަކުން ކުރިމަތިލާފައިވާއިރު، މިކޮމިޝަންއަށް ހޮވުމަށް ހަމަޖެހިފައިވަނީ 6 މެންބަރުންނެވެ. ރެފްރީޒް ކޮމިޝަންއަށް ކުރިމަތިލާފައިވަނީ މުހައްމަދު ހަމީދު، ސޮއްފާން އަހުމަދު، މަޢުރޫފް މުހައްމަދު، އިސްމާޢީލް ރަޝީދު، ހައްވާ އަބްދުލް މަޖީދު، މުހައްމަދު އަނީސް އަދި އާއިދާ އަބްދުލް ހަކީމްއެވެ.

img:http://s4.psmnews.mv/images/660x400/14771437558975.jpg|ވޮލީ ބޯލް އެސޯސިއޭޝަންގައި ކުރިއަށްދިޔަ މީޓިން (ފޮޓޯ: ވީއޭއެމް)

ވޮލީ ބޯލް އެސޯސިއޭޝަންގެ ބީޗް ކޮމިޝަންގެ މެންބަރުކަމަށް 4 ފަރާތަކުން ކުރިމަތިލާފައިވާއިރު ބީޗް ކޮމިޝަންއަށް ހޮވުމަށް ހަމަޖެހިފައިވަނީ 2 މެންބަރުންނެވެ. ބީޗް ކޮމިޝަންއަށް ކުރިމަތިލާފައިވަނީ އަލީ އަޝްރަފް، މުމްތާޒު އަލީ، ހުސެއިން ނައީމް އަދި އަހުމަދު އިބްރާހީމްއެވެ.

img:http://s1.psmnews.mv/images/660x400/14771437913886.jpg|ވޮލީ ބޯލް އެސޯސިއޭޝަންގައި ކުރިއަށްދިޔަ މީޓިން (ފޮޓޯ: ވީއޭއެމް)

ވޮލީ ބޯލް އެސޯސިއޭޝަންއިން މަޢުލުމާތުދިން ގޮތުގައި މިކޮމިޝަންތަކަށް މެންބަރުން ހޮވުމަށް މިމަހުގެ 24ވަނަ ދުވަހުގެ ރޭ ހާއްސަ ކޮންގްރެސްއެއް ބޭއްވުމަށްވަނީ ހަމަޖެހިފަކަމަށާ ކޯޗާރސް ކޮމިޝަންގެ މެންބަރުން ހޮވުމަށް ވޯޓް ލެވޭނީ ވޮލީ ބޯލް އެސޯސިއޭޝަންގައި ރަޖިސްޓްރީކޮށްފައިވާ ކޯޗުންނަށް އެކަނިކަމަށެވެ. މިކޮންގްރެސްގައި ވޯޓް ލެވޭނީ 46 ކޯޗުންނަށެވެ. އަދި ރެފްރީޒް ކޮމިޝަންއަށް ވޯޓް ދިނުމަށްވަނީ އޯޕަންކޮށް ހުޅުވާލާފައިވާކަމަށާ ނަމަވެސް ވޯޓް ލެވޭނީ އެސޯސިއޭޝަންގައި ލިސްޓްކޮށްފައިވާ ރެފްރީންނަށް އެކަނިކަމަށްވެސް ވޮލީ ބޯލް އެސޯސިއޭޝަންއިން މަޢުލުމާތުދިނެވެ.