ޚަބަރު

ހުޅުމާލެ ފިޔަވަތި ހިޔާގައި ހުރި ކުއްޖަކު ނިޔާވެއްޖެ


ދައުލަތުގެ ބެއްލެވުމުގެ ދަށުގައި، ހުޅުމާލެ ފިޔަވަތި ހިޔާގައި ހުރި އުމުރުން 5 މަހުގެ ކުއްޖަކު ނިޔާވެއްޖެއެވެ.

މި ކުއްޖާ ނިޔާވި ސަބަބު އަދި ސާފުވެފައި ނުވާކަމަށާއި، އެކަން ތަހުޤީޤު ކުރައްވަމުން ގެންދަވާކަމަށް ޖެންޑަރ މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ.

އެ މިނިސްޓްރީން ވިދާޅުވީ، މި ހާދިސާ އިތުރަށް ތަހުޤީޤު ކުރެއްވުމަށް، ފުލުހުންނާއި ހިއުމަން ރައިޓްސް ކޮމިޝަނުގައި ދަންނަވާފައިވާ ކަމަށެވެ. އަދި، މި ކުއްޖާގެ މަރުގައި ޝާމިލުވާ އެއްވެސް ފަރާތެއް ނުވަތަ ފަރާތްތަކެއް ވާ ނަމަ، އެ ފަރާތްތަކަކާއި މެދު އަޅަންޖެހޭ ފިޔަވަޅުތައް މިނިސްޓްރީން އަޅުއްވާނެ ކަމަށާއި، މިނިސްޓްރީގެ ބެއްލެވުމުގެ ދަށުގައި ތިބޭ ކުދިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެއްވުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރާނެކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.