ކުޅިވަރު

ވޯލްޑް ކަޕުން ކެޓުމުން ސައޫދީ ފެޑަރޭޝަނުގެ ރައީސް އިސްތިއުފާ ދީފި


ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުން ކެޓުމުން ސައޫދީ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް ޔާސިރު އަލް މިޝްއާލް އިސްތިއުފާ ދީފި އެވެ.

ސައޫދީ ޕްރޯ ލީގު އުފެއްދުމުގައި ވެސް މުހިންމު ދައުރެއް އަދާކުރި ބުނީ ކުރިއަށް އޮތް ވޯލްޑް ކަޕަށް ކޮލިފައިވުމުގަ އާއި މިފަހަރުގެ މުބާރާތުގައި ދައްކާ ކުޅުމަށް ބަލާއިރު ސައޫދީންގެ އުއްމީދުކުރި ވަރަށް އެއްވެސް ކަމެއް ނުދިޔަ ކަމަށެވެ.

"މިހެންވެ އަހަރެން ނިންމީ އެންމެ ރަނގަޅު ގޮތަކީ މި ދައުރަށް ފަހު އިތުރު ދައުރަކަށް ކުރިމަތި ނުލުން ކަމަށް. އަހަރެން މިކަމުގެ ފުރިހަމަ ޒިންމާ ނަގަން. އަހަރުމެންގެ ޓީމު ރަނގަޅު ނަތީޖާއެއް ނެރޭނެ ކަމަށް އުއްމީދުކުރި އެންމެންގެ ކިބައިން ވަރަށް ބޮޑަށް މައާފަށް އެދެން،" ޔާސިރު ބުންޏެވެ.

2034 ވަނަ އަހަރު ސައޫދީ އަރަބިއާގައި ބާއްވާ ވޯލްޑް ކަޕް ބިޑް އެ ގައުމަށް ކާމިޔާބު ކޮށްދިނުމުގައި ވެސް މުހިންމު ދައުރެއް އަދާކުރި ޔާސިރަކީ އެ ގައުމުގެ ފުޓްބޯޅައިގައި ނުފޫޒު ގަދަ ބޭފުޅެކެވެ. ނަމަވެސް މި ފަހަރުގެ ވޯލްޑް ކަޕުގެ ނާކާމިޔާބީ ކުރިމަތިމިވީ ވޯލްޑް ކަޕަށާއި ފުޓްބޯޅަ އަށް ސައޫދީ އަރަބިއާއިން ބޮޑެތި ހޭދަ ތަކެއް ކުރަމުން ދަނިކޮށެވެ.