ޚަބަރު

ޕާކިސްތާންގެ ސެނެޓްގެ ޗެއަރމަން ރޭ ރާއްޖެ ވަޑައިގެންފި


ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙް މުޙައްމަދުގެ ދަޢުވަތަކަށް ޕާކިސްތާންގެ ސެނެޓްގެ ޗެއަރމަން މިއާން ރަޒާ ރައްބާނީ، ރަސްމީ ދަތުރުފުޅެއްގައި ރޭ ރާއްޖެ ވަޑައިގެންފިއެވެ.

ޕާކިސްތާނުގެ ސެނެޓްގެ ޗެއަރމަން ރާއްޖެ ވަޑައިގަތުމުން އެ މަނިކުފާނަށް އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުޙަބާ ދެންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙް މުޙައްމަދާއި, މެޖޯރިޓީ ލީޑަރު ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު ނިހާން ޙުސައިން މަނިކާއި މަޖިލީހުގެ ބައެއް މެންބަރުންނެވެ.

ޕާކިސްތާނުގެ ސެނެޓްގެ ޗެއަރމަންގެ މި ދަތުރުފުޅުގައި، މިއަދު ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙް މުޙައްމަދާއި ބައްދަލުކުރައްވާގޮތަށް ވަނީ ހަމަޖެހިފައެވެ. ޕާކިސްތާންގެ ސެނެޓްގެ ޗެއަރމަން މިއާން ރަޒާ ރައްބާނީ އިސްލާމީ މަރުކަޒަށް ޒިޔާރަތް ކުރުމަށްވެސް ހަމަޖެހިފައިވެއެވެ. ޕާކިސްތާނުގެ ސެނެޓްގެ ޗެއަރމަން މިއާން ރަޒާ ރައްބާނީ، ރާއްޖެއިން ފުރާ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ، އަންނަ އަންގާރަ ދުވަހުއެވެ.