ޚަބަރު

ޕީޕީއެމްގެ ޓިކެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި


އަންނަ އަހަރުގެ ޖެނުއަރީމަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރުމަށް ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި ހުށައެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ. 

އެޕާޓިން ވަނީ މިމަހުގެ 23 ވަނަ ދުވަހާއި ހަމައަށް އެ މުއްދަތު އިތުރުކޮށްފައެވެ. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރުމަށް ހުށައެޅޭނީ މިމަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް ޕާޓީގެ ދަފްތަރުގައި ހިމެނިފައިވާ ފަރާތްތަކަށްކަމަށް އެޕާޓީން ބުނެއެވެ. އެއްވެސް ކައުންސިލަކަށް އިލެކްޝަސްން ކޮމިޝަނުން ނިންމާފައިވާ ޢަދަދަށްވުރެ އިތުރަށް ކުރިމަތިލައިފިނަމަ، އެދާއިރާއަކުން ޕާޓީގެ ޓިކެޓްގައި ވާދަކުރެވޭނެ ފަރާތްތައް ކަނޑައަޅާނީ އެ ދާއިރާތަކަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ މެދުގައި ބޭއްވޭ ޕްރައިމަރީއަކުން ކަމަށްވެސް ޕީޕީއެމުން ބުނެއެވެ. އަދި ޕްރައިމަރީ ބޭއްވޭނެ ތާރީޚް އެޕާޓީން ފަހުން އިޢުލާން ކުރާނެކަމަށްވެސް އެޕާޓިން ބުނެއެވެ.