ޚަބަރު

އެމްއެންޑީއެފުން ހިންގި އަސްކަރީ ތަމްރީންތައް ނިންމާލައިފި


އެމްއެންޑީއެފްގެ އަސްކަރީ ޤާބިލްކަން އިތުރުކުރުމުގެ ގޮތުން މާލޭ އޭރިއާގެ ކޮމްޕޯނަންޓްތަކަށް އަމާޒުކޮށްގެން ހިންގި އަސްކަރީ ތަމްރީނުތައް ކާމިޔާބުކަމާއެކު އިއްޔެ ނިންމާލައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ މިމަހުގެ 9 ވަނަ ދުވަހު ފެށި މި ތަމްރީނުތަކަކީ، އެމްއެންޑީއެފް މާލޭ އޭރިއާއަށް ނިސްބަތްވާ މެރިންސް އަދި ކޯސްޓްގާޑު ސްކޮޑްރަންގެ ސެއިލަރުން އަދާކުރަންޖެހޭ އޮޕަރޭޝަނަލް ޓާސްކުތަކަށް ތަމްރީނުދީ، ޤާބިލްކަން އިތުރުކުރުމުގެ ގޮތުން އެމްއެންޑީއެފް މާލޭ އޭރިއާއިން ކުރިއަށްގެންދިޔަ ތަމްރީނުތަކެއްކަމަށެވެ. 

img:http://s4.psmnews.mv/images/660x400/14765155677032.jpg|އެމްއެންޑީއެފުން ހިންގި އަސްކަރީ ތަމްރީންގެ ތެރެއިން / ފޮޓޯ: އެމްއެންޑީއެފް

މި ތަމްރީނުތައް މާލޭގެ ބައެއް ސަރަޙައްދުތަކުގެ އިތުރުން ހުޅުމާލެ އާއި، ހުޅުލެ އަދި ވިލިމާލޭ އާއި ތިލަފުށީގައި ކުރިއަށްގެންދެވިފައިވާއިރު މާލޭގެ ވަށައިގެންވާ ކަނޑުގެ ސަރަޙައްދުގައިވެސް މި ތަމްރީނުތަކުގެ ބައެއް ފަރިތަކުރުންތައް ކުރިއަށްގެންދިޔަކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ. މި ތަމްރީންތައް ނިންމާލުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޝާހިދު އާއި އެމްއެންޑީއެފް މާލެ އޭރިއާގެ ކޮމާންޑަރ ކާނަލް ޢަބްދުއް ރަޢޫފް ވަނީ ބައިވެރިވެވަޑައިގެންނެވިއެވެ.