ކުޅިވަރު

ޗެމްޕިއަން ފިސްޑާ އެޓީމް ކުޅުނު ދެވަނަ މެޗް ކާމިޔާބުކޮށްފި


ފުވައްމުލަކު ވޮލީބޯޅަ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ފިސްޑާ އެޓީމް ކުޅުނު ދެވަނަ މެޗް ކާމިޔާބުކޮށްފިއެވެ. ފުވައްމުލައް ޔޫތު އެންޑް ސްޕޯޓްސް ޑިވެލޮޕްމަންޓް އެސޯސިއޭޝަން ފިސްޑާ މުބާރާތުގައި ކުޅުނު ދެވަނަ މެޗް ކާމިޔާބުކުރީ ދަޑިމަގު އަވަށަށް ނިސްބަތްވާ ނެރެގެޑު ޓީމާ ވާދަކޮށް ތިންސެޓް އެއްސެޓުންނެވެ.

 މައްސަލަތައް ގިނަ އަދި ފޯރިގަދަވެގެންދިޔަ މިމެޗްގެ ފުރަތަމަ ސެޓް 23-25އިން ކާމިޔާބުކުރީ ފިސްޑާއެވެ. ދެވަނަސެޓް 18-25 އިން ކާމިޔާބުކުރީ ނެރެގަޑުއެވެ. ޖެހިގެން އައި ދެސެޓް ފިސްޑާ ކާމިޔާބުކުރީ 20-25 އަދި 13-25 އިންނެވެ. 

މިމެޗްގެ ހަތަރުވަނަ ސެޓްގައި ރެފްރީގެ ނިންމުންތަކާމެދު ހިތްހަމަ ނުޖެހި ނެރެގަޑު ޓީމްގެ ކުޅުންތެރިންނާއި އޮފިޝަލުންވަނީ ވަރަށްބޮޑަށް މައްސަލަޖައްސާ ޝަކުވާކޮށްފައެވެ. މިމުބާރާތުގައި ޗެމްޕިއަން ފިސްޑާވަނީ އެޓީމް ކުޅުނު ފުރަތަމަ މެޗުން ބަލިވެފައެވެ. އެއީ އައްޑޫސިޓީ މީދޫ ވޮލީޓާމާ ވާދަކޮށެވެ. 

މިމުބާރާތުގައި މިރޭ ކުޅޭނީ އަންހެން ޑިވިޝަންގެ މެޗެއް އެމްގައި ބައްދަލުކުރާނީ ހޯދަޑު ސްޕައިކާސްއާއި ފިސްޑާއެވެ. މިމެޗްވެސް ޕީއެސްއެމްގެ ޔެސް ޓީވީން ވަގުތުން ގެނެސްދިނުމަށްވަނީ ހަމަޖެހިފައެވެ.