ޚަބަރު

ނެޓްބޯޅަ އެސޯސިއޭޝަނުގެ މުބާރާތްތަކަށް ބީއެމްއެލްގެ އެހީތެރިކަން


  • މިކަމަށްޓަކައި ޚާއްޞަ އެއްބަސްވުމެއްގައި ސޮއިކޮށްފައިވޭ

  • މި އެއްބަސްވުމުގެ މުއްދަތަކީ ތިން އަހަރު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއެކު އެއްބަސްވުމެއް ގާއިމުކޮށްފިއެވެ.

ތިން އަހަރުގެ މި އެއްބަސްވުމުގެ ދަށުން، ނެޓްބޯލް އެސޯސިއޭޝަނުން ކޮންމެ އަހަރަކު ބާއްވާ އިންޓަރސްކޫލް ނެޓްބޯލް ޓޯނަމެންޓް (ބީއެމްއެލް ރާއްޖެ ޖޫނިއަރ ނެޓްބޯލް ޗެމްޕިއަންޝިޕް) އަދި ޖޫނިއާ ޗެމްޕިއަންޝިޕް ޓޯނަމެންޓްއަށް ބޭންކުގެ އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

ދިވެހިރާއްޖޭގައި ނެޓްބޯޅަ ކުރިއަރުވައި ތަރައްގީކޮށް، ޒުވާނުންގެ ހުނަރު ކުރިއެރުވުމަށް އަމާޒުކޮށްގެން ނެޓްބޯލް އެސޯސިއޭޝަނުން މިފަދަ މުބާރާތްތައް ގަވާއިދުން ބާއްވައެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ދަނީ ޒުވާނުންނަށް އަމާޒުކޮށްގެން ހިންގާ ކުޅިވަރު ހަރަކާތްތަކާއި ގައުމީ އެސޯސިއޭޝަންތަކާއެކު ގާއިމުކުރާ ސްޓްރެޓީޖިކް ޕާޓްނަރޝިޕްތަކުގެ ޒަރިއްޔާއިން، މުޅި ރާއްޖޭގައި ކުޅިވަރުގެ ހުނަރުތައް ތަރައްގީކުރުމަށް މަސައްކަތް ކުރަމުންނެވެ.

މީގެތެރޭގައި ފުޓްބޯލް އެސޯސިއޭޝަން، ބާސްކެޓްބޯލް އެސޯސިއޭޝަން، މޯލްޑިވްސް އެކުއަޓިކްސް އެސޯސިއޭޝަން، ސަރފިންގ އެސޯސިއޭޝަން، ޓެނިސް އެސޯސިއޭޝިއަންގެ އިތުރުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ ހިމެނެއެވެ.