ޚަބަރު

އެކުއެޑޯއިން މިފަހަރުގެ ވޯލްޑް ކަޕާއި ކުރިމަތިލީ އިތުބާރާއެކު: ބެކަޗީސީ


  • އެކުއެޑޯ ޓީމުގައި ހިމެނޭ ގިނަ ކުޅުންތެރިންވަނީ އެންމެ ފަހު ވޯލްޑް ކަޕްގައި ކުޅެފަ

އެކުއެޑޯއިން މިފަހަރުގެ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތާއި ކުރިމަތިލަނީ އިތުބާރާއި އެކު މިފަހަރުގެ މުބާރާތުގައި ރަނގަޅު ހިސާބަކަށް ދެވޭނެ ކަމުގެ އުންމީދާ އެކުކަމަށް އެޓީމުގެ ކޯޗު ސެބަސްޓިއަން ބެކަޗީޒީ ހާމަކޮށްފިއެވެ.

އޭނާ މިކަން ހާމަކޮށްފައިވަނީ މިފަހަރުގެ މުބާރާތުގައި ކޯޓެޑިއުއަރ އާއި ދެކޮޅަށް ކުޅޭ ފުރަތަމަ މެޗުގެ ކުރިން ބެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ.

އެކުއެޑޯ މިފަހަރު ހިމެނެނީ ޖަރުމަނުވިލާތް، ކުރެސާއޮ އަދި ކޯޓެޑިއުއަރ އާއި އެކު ގްރޫޕް އީގައެވެ. އެކުއެޑޯއިން އެޓީމު އެންމެ ފަހުން ކުޅުނު 19 މެޗުން ބަލިވެފައެއް ނުވެއެވެ. އެހެންކަމުން އެޓީމުގެ ތެރޭގައި ޓީމު ރޫހު އިތުރު ވެފައި މުބާރާތާއި މެދު ކުރާ އުންމީދުވެސް ބޮޑު ވެފައިވާކަމަށް ބެކަޗިސީ ހާމަކުރިއެވެ.

އޭނާ ހާމަކުރިގޮތުގައި މިފަހަރު ވޯލްޑް ކަޕުން ޖާގަލިބިގެންދިއުމުން އުފާކުރާ ކަމަށާއި އަދި މިހާ ހިސާބަށް ސާދެވިފައިވަނީ ހުރިހާ ކުޅުންތެރިން ގުޅިގެން ގިނަ ބުރަ މަސައްކަތް ތަކެއް ކޮށްގެންކަމުގައި އޭނާ ފާހަގަ ކުރިއެވެ. މިފަަހަރުގެ ޓީމުގައި ހިމެނޭ ގިނަ ކުޅުންތެރިންވަނީ 2022 ވަނަ އަހަރު ޤަތަރުގައި ބޭއްވި މުބާރާތުގައިވެސް ވާދަކޮށްފައެވެ. އެހެން ކަމުން ހުރިހާ ކުޅުންތެރިންގެ މެދުގައި އާއިލާ ގުޅުމެއް ގާއިމް ވެފައިވާކަމަށްވެސް އެކުއެޑޯގެ ކޯޗު ފާހަގަ ކުރިއެވެ.

އެކުއެޑޯ ޓީމުގެ ޑިފެންޑަރ އންޖެލޯ ޕްރެސިއާޑޯ ހާމަކުރިގޮތުގައި އެންމެ ފަހު ވޯލްޑް ކަޕާއި އަޅާކިޔާއިރު މިފަހަރުގެ ޓީމުގައި ހިމެނޭ ގިނަ ކުޅުންތެރިންގެ ތަޖުރިބާ ގިނަ ކަމަށެވެ. އެހެން ކަމުން އެކުއެޑޯގެ މުޅި ޓީމަށް އޮތް އިތުބާރު އިތުރު ވެފައިވާކަމަށް އޭނާ ހާމަކުރިއެވެ.