ކުޅިވަރު

މިއަންނަ އަހަރުގެ އެސޯސިއޭޝަންކަޕް އަންހެންބައި ފުވައްމުލަކުގައި


ވޮލީބޯލް އެސޯސިއޭޝަން ކަޕް އަންހެން ޑިވިޝަންގެ މުބާރާތް އަންނަ އަހަރު ބާއްވާނީ ފުވައްމުލައް ސިޓީގައި ކަމަށް ވޮލީބޯލް އެސޯސިއޭޝަންގެ ރައީސް މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

 ޕީއެސްއެމްއަށް ދިން ޚާއްސަ އިންޓަރވިއުއެއްގައި ލަޠީފް ވިދާޅުވީ ފުވައްމުލަކު ޒުވާނުންގެ ލީޑަރޝިޕް އެބަހުރިކަމަށާއި ފެންވަރު ރަނގަޅު މުބާރާތެއް ފުވައްމުލައް ސިޓީގައި ބޭއްވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބަ އޮތްކަމަށެވެ. އެހެންކަމުން އަންނަ އަހަރުގެ ވޮލީބޯލް ޗާޓްގައި މިހާރުވެސް ފުވައްމުލައް ކުރަހާލާފައިވާނޭކަމަށް ލަޠީފް ވިދާޅުވިއެވެ. އަދި ފުވައްމުލަކުގައި ވޮލީބޯލް ދިރުވާ އާލާކުރުމަށް ދޭންޖެހުނު ހުރިހާ އެއްބާރުލުމެއް ދޭނެކަމަށްވެސް ލަޠީފް ވިދާޅުވިއެވެ.

" ފުވައްމުލަކުގައި ވޮލީގެ ދިރުން އެބަހުރި، އެހެންކަމުން އުއްމީދުވެސް އެބަހުރި. އެހެންވީމަ ނެޝަނަލް ވޮލީ ޗާޓްގައި އަޅުގަނޑު މިހާރު ކުރަހާލައިފިން. އަދި މިއާއެކު ވޮލީ ބޯލް އެސޯސިއޭޝަންކަޕްގެ އަންހެން ޑިވިޝަންގެ މެޗްތަށް މިއަންނަ އަހަރު ކުރިއަށްދާނީ ފުވައްމުލަކުގަ. ވޮލީ ފެމެލީއަށް ބުނަންއޮތީ އަޅުގަނޑަށް އިތުބާރު ކުރައްވާފާށޭ، އަޅުގަނޑާއެކުގައި ތިއްބަވާށޭ. އަޅުގަނޑަށް އިތުބާރު ކުރައްވާށޭ. ފާޑުވެސް ކިޔަންވާނެ، ނަމަވެސް އަޅުގަނޑަށް ވަގުތު ދިނުމަށްފަހު އެކަން ކުރައްވަންވީ" ލަތީފް ވިދާޅުވިއެވެ.