ޚަބަރު

ޑިސްޓްރިބިއުޝަން ފޮށިތައް ފާރުގެ ތެރެއަށްވާ ގޮތަށް ބަދަލުކުރަނީ


މާލޭގެ ރީ-ޑިވެލޮޕްމެންޓް މަޝްރޫއުގެ ދަށުން ދެން އެންމެ އަވަހަށް ފަށްޓަވާނީ މަގުތަކުގައި ބަހައްޓާފައި ހުރި ޑިސްޓްރިބިއުޝަން ފޮށިތައް މަގުގައި ހިނގާބިގާވެ އުޅޭ ފަރާތްތަކަށް އުނދަގޫ ނުވާނެ ގޮތަކަށް ބަދަލު ކުރެއްވުމުގެ މަސައްކަތް ކަމަށް ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ވިދާޅުވީ، ތަފާތު ބޭނުންތަކަށް މާލޭގެ މަގުތަކުގައި އެކި ފަރާތްތަކުން ބަހައްޓާފައިވާ ޑިސްޓްރިބިއުޝަން ފޮށިތައް ދުވާރު މަތިން ހިނގާ ފަރާތްތަކަށް ދަތިވާ ގޮތަށް ހުންނާތީ، އެ ފޮށިތައް ފާރުގެ ތެރެއަށްވާ ގޮތަށް ބަދަލު ކުރެއްވުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ.

މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ރައްކާތެރި އަމާން މާހައުލެއްގައި އުޅުމުގެ މަގުފަހި ކޮށްދެއްވުމަށްޓަކައި މާލޭގެ ރީ-ޑިވެލޮޕްމެންޓްގެ ނަމުގައި ސަރުކާރުންވަނީ ބޮޑު މަޝްރޫއެއް ފަށްޓަވާފައެވެ.