ތަޢުލީމު

އެވިޑް ކޮލެޖް "ޗެއަރމަން ޑައިމަންޑް އެވޯޑް" ފާތިމަތު މުޞްތަފާއަށް


އެވިޑް ކޮލެޖުން ދޭ އެންމެ ޝަރަފްވެރި އެވޯޑް "ޗެއަރމަން ޑައިމަންޑް އެވޯޑް" ފާތިމަތު މުޞްތަފާ ހޯދައިފިއެވެ. ޗެއަރމަން ޑައިމަންޑް އެވޯޑަކީ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް އެކޮލެޖުން ދޭ އެވޯޑެކެވެ. img:http://s4.psmnews.mv/images/660x400/14761679848281.jpg|އެވިޑް ކޮލެޖްގެ ކޮންވޮކޭޝަން ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ޕީއެސްއެމް / ވަޙީދު

އެވިޑް ކޮލެޖްގެ ދަސްވެނިވުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި އެ ކޮލެޖުން ހިންގި އެކިއެކި ކޯސްތައް ފުރިހަމަ ކުރި ދަރިވަރުންނަށާއި އެކޮލެޖުން އެކިގޮތްގޮތުން ފާހަގަކުރެވޭ ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިޔުން ދީފައިވެއެވެ. މީގެތެރޭގައި ސެޓްފިކެޓް ލެވެލް 3 އަދި 4 ގެ ކޯސްތަކާއި، 6 ދާއިރާއަކުން ޑިޕްލޮމާގެ ކޯހާއި، އެސޯސިއޭޓެޑް ޑިގްރީގެ 4 ކޯސް ފުރިހަމަ ކުރި ދަރިވަރުން ހިމެނެއެވެ. އަދި ބެޗްލާރސް އިން އީސީއީއާއި ގްރެޖުއޭޓް ޑިޕްލޮމާއިން މެނޭޖްމަންޓްގެ އިތުރުން މާސްޓަރސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަނާއި މާސްޓަރސް އޮފް އެޑިއުކޭޝަނަލް ލީޑަރޝިޕް އެންޑް މެނޭޖްމަންޓް ފުރިހަމަ ކުރި ދަރިވަރުން ހިމެނެއެވެ. img:http://s4.psmnews.mv/images/660x400/14761681087642.jpg|އެވިޑް ކޮލެޖްގެ ކޮންވޮކޭޝަން ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ޕީއެސްއެމް / ވަޙީދު

މާސްޓަރސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަކޮށް 32 ކުދިން ދަސްވެނިވެފައިވާއިރު މާސްޓަރސް އޮފް އެޑިއުކޭޝަނަލް ލީޑަރޝިޕް އެންޑް މެނޭޖްމަންޓް 56 ދަރިވަރުން ވަނީ ފުރިހަމަކޮށް ދަސްވެނިވެފައެވެ. މީގެ އިތުރުން މި ރަސްމިއްޔާތުގައި ވަނީ ޗެއަރމަން އެވޯޑާއި ޗެއަރމަން ޑައިމަންޑް އެވޯޑްވެސް ދީފައިވެއެވެ. އެވިޑް ކޮލެޖްގެ އެންމެ ޝަރަފްވެރި އެވޯޑް ކަމަށްވާ ޗައަރމަން ޑައިމަންޑް އެވޯޑް ހާޞިލް ކޮށްފައިވަނީ ފާތިމަތު މުޞްތަފާއެވެ. img:http://s3.psmnews.mv/images/660x400/14761681465912.jpg|އެވިޑް ކޮލެޖްގެ ކޮންވޮކޭޝަން ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ޕީއެސްއެމް / ވަޙީދު

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެވިޑް ކޮލެޖްގެ ވެރިޔާ އަދި ޗެއަރމަން އަބްދު ﷲ މުސްތާޤް ރަޝާދު ވިދާޅުވީ، އިޙްލާސްތެރިކަމާއި ހިއްވަރާއެކު އެއް އަޒުމެއްގައި މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއްވެސް ހާޞިލްވާނެ ކަމަށާއި އެވިޑް ކޮލެޖް ފަށައިގެން މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ވަރަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ. އަދި ޒަމާނީ ތަޢުލީމް ފޯރުކޮށްދިނުމުގެ ގޮތުން ރާއްޖޭން ބޭރުގެ ޔުނިވަރސިޓީތަކާއި ގުޅުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް މުސްތާޤް ވިދާޅުވިއެވެ. img:http://s4.psmnews.mv/images/660x400/14761680609089.jpg|އެވިޑް ކޮލެޖްގެ ކޮންވޮކޭޝަން ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ޕީއެސްއެމް / ވަޙީދު

"އަޅުގަނޑުމެން ހަޤީޤަތުގައިވެސް ވަރަށް ބުރަ މަސައްކަތްތަކެއް އެބަ ކުރަން ޒަމާނީ ފެންވަރަށް ތައުލީމް ފޯރުކޮށްދިނުމަށްޓަކާ. ޒަމާނީ ޓެކްނޮލެޖީގެ ބޭނުން ހެޔޮގޮތުގައި ދަރިވަރުންނަށް ފޯރުކޮށްދިނުމަށްޓަކާ. އެގޮތުން ބައިނަލްއަޤްވާމީ އެކިއެކި ޔުނިވަރސިޓީތަކާއި ގުޅުމުގެ މަސައްކަތް އަޅުގަނޑުމެން މިހާރުވެސް ކުރަމުން އެބަގެންދަން. އަދި އޭގެއިތުރުން އިންޝާ ﷲ އަޅުގަނޑުމެން ކައިރި މުސްތަޤްބަލެއްގެ ތެރޭގައި ރިސާރޗްގެ މަސައްކަތްވެސް ކުރިއަށްގެންދެވޭތޯ އަޅުގަނޑުމެން މަސައްކަތް ކުރާނަން." އެވިޑް ކޮލެޖްގެ ވެރިޔާ އަދި ޗެއަރމަން އަބްދުﷲ މުސްތާޤް ރަޝާދު ވިދާޅުވިއެވެ. img:http://s2.psmnews.mv/images/660x400/14761680076157.jpg|އެވިޑް ކޮލެޖްގެ ކޮންވޮކޭޝަން ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ޕީއެސްއެމް / ވަޙީދު

މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަދައްކަވަމުން، ކީރިތި ޤުރުއާން އަސްލަކަށް ބަލައިގެން ކުރިއަށް ދިއުމަށް ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާނު ޑރ. އަބްދުﷲ ޝިހާމް ދަރިވަރުންނަށް ނަސޭހަތްތެރި ވެފައިވެއެވެ. އަދި އެވިޑް ކޮލެޖުން ހޯދަމުންގެންދާ ކާމިޔާބީއަށް ޑރ. ޝިހާމް ތައުރީފް ކުރެއްވިއެވެ. img:http://s2.psmnews.mv/images/660x400/14761681714143.jpg|އެވިޑް ކޮލެޖްގެ ކޮންވޮކޭޝަން ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ޕީއެސްއެމް / ވަޙީދު

އެވިޑް ކޮލެޖުން ގެންދަނީ އެކިއެކި ދާއިރާތަކުން ތަފާތު ކޯސްތައް ހިންގަމުންނެވެ. އެކޮލެޖްގެ 2 ކެމްޕަސް މިހާރު މާލޭގައި ހުރެއެވެ.