ޚަބަރު

ފޭދޫ އެއްވަރުވެ، ކުނަހަންދޫއަށް ފުރަތަމަ ޕޮއިންޓު


  • މެޗު ނިމުނީ 3-3 އެއްވަރުވެގެން

  • މިއީ މުބާރާތުގައި ކުނަހަންދޫއަށް ލިބުނު ފުރަތަމަ ޕޮއިންޓު

ސައުތު ރީޖަން ލީގުގައި އިއްޔެ ލ.ކުނަހަންދޫ އާއި ސ.ފޭދޫ ބައްދަލުކުރި މެޗު އެއްވަރުވެ، ތާވަލުގެ ފުލުގައި އޮތް ކުނަހަންދޫއަށް މުބާރާތުގެ ފުރަތަމަ ޕޮއިންޓު ލިބިއްޖެއެވެ. ގދ.ގައްދޫ ދަނޑުގައި ކުޅުނު މެޗުން ދެޓީމު އެއްވަރުވެފައި ވަނީ 3-3 ގެ ނަތީޖާއިންނެވެ.

މެޗުގައި ފުރަތަމަ ގޯލު ޖަހައި ލީޑު ނަގާފައިވަނީ ފޭދޫ ޓީމުންނެވެ. މިއީ އެޓީމަށް ލިބުނު ކޯނަރަކުން ކާމިޔާބުކުރި ގޯލެކެވެ. މެޗުގެ ފުރަތަމަ ހާފުގައި އިތުރު ގޯލެއް ފެނިފައި ނުވިނަމަވެސް، ދެޓީމުންވެސް ގިނަ ހަމަލާތަކެއް ފެނިގެންދިޔައެވެ.

ދެވަނަ ހާފު ފެށިގެން ގިނައިރުތަކެއް ނުވެ، ކުނަހަންދޫ ޓީމުން ވަނީ ކައުންޓަރ އެޓޭކެއްގައި މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. އެޓީމުން އިތުރު ގޯލެއް ކާމިޔާބުކޮށް، ލީޑުނެގިނަމަވެސް ގައްދޫއިން ވަނީ ގިނައިރެއް ނުވެ އަލުން ނަތީޖާ އެޓީމުކޮޅަށް އަނބުރާލާފައެވެ. ކުނަހަންދޫއިން ނަތީޖާއެއްވަރުކުރީ މެޗުގެ ފަހުވަގުތުގައެވެ.

މި ނަތީޖާއާއެކު ކުޅުނު ފަސް މެޗުން ލިބުނު 8 ޕޮއިންޓާއެކު ފޭދޫ އޮތީ ތާވަލުގެ ތިންވަނައިގައެވެ. އަދި ހަމަ އެއަދަދަށް މެޗު ކުޅެގެން ލިބުނު އެންމެ ޕޮއިންޓަކާއެކު ކުނަހަންދޫ އޮތީ ތާވަލުގެ ފުލުގައެވެ. ސައުތު ލީގުގެ އެއްވަނައިގައި، ކުޅުނު ހަތަރު މެޗުވެސް ކާމިޔާބުކޮށް، 12 ޕޮއިންޓާއެކު އޮތީ ގދ.ގައްދޫއެވެ.