ޚަބަރު

ފަހު މެޗުން ބާސެލޯނާ ބަލިވިއިރު ރެއާލް އަށް މޮޅެއް


ސްޕެނިޝް ލަލީގާގެ ފަހު މެޗުގައި ބާސެލޯނާ ކުޅުނު ފަހު މެޗުން އެ ޓީމު ބަލިވިއިރު ރެއާލް މެޑްރިޑް މޮޅުވެއްޖެ އެވެ.

ލަލީގާގެ ޗެމްޕިއަންކަން ހޯދާފައިވާ ބާސެލޯނާ އިން ރޭ ރަށުން ބޭރުގައި ވެލެންސިއާ އާއި ދެކޮޅަށް ކުޅުނު މެޗުން އެ ޓީމު ބަލިވެފައިވަނީ 3-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައިނުވި ނަމަވެސް ދެވަނަ ހާފުގައި ފެނިގެން ދިޔައީ ފުރަތަމަ ހާފާއި އަޅާބަލާއިރު މުޅިން ތަފާތު ކުޅުމެކެވެ.

މެޗުގެ 60 ވަނަ މިނިޓުގައި ބާސެލޯނާގެ ރޮބަޓް ލެވަންޑޯސްކީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދިން ނަމަވެސް އޭގެ 5 މިނިޓު ފަހުން ވެލެންސިއާގެ ހަވީ ގަރޭރާ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

ވެލެންސިއާ އިން މި މެޗުގައި ލީޑު ނަގާފައިވަނީ މެޗުގެ 71 ވަނަ މިނިޓުގައި ލުއިސް ރިއޯހާ ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިންޖަރީ ވަގުތުގެ ކުޅުމުގައި ރޮޑްރިގޭޒް ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-1 އަށް ބަދަލުކޮށްފަ އެވެ.

ރެއާލް މެޑްރިޑް އިން އަމިއްލަ ދަނޑުގައި އެތްލެޓިކް އާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށްފައިވަނީ 4-2 ގެ ނަތީޖާއަކުންންވެ.

މި މެޗުގެ 12 ވަނަ މިނިޓުގައި ގޮންޒާލޯ ގާސިއާ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. އަދި މެޗުގެ 41 ވަނަ މިނިޓުގައި ޖޫޑް ބެލިންހަމް އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކުރި ނަމަވެސް އިންޖަރީ ވަގުތުގައި އެތްލެޓިކްގެ ގޯކާ ގުރުޒޭޓާ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-1 އަށް ބަދަލުކޮށްފަ އެވެ.

ރެއާލް މެޑްރިޑް އިން މި މެޗުގައި ޖެހި ތިންވަނަ ލަނޑު މެޗުގެ 51 ވަނަ މިނިޓުގައި ކިލިއަން އެމްބާޕޭ ކާމިޔާބުކުރިއިރު ހަތަރުވަނަ ލަނޑަކީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނިޓަށް ވެފައިވަނިކޮށް ބްރާހިމް ޑިއާޒް ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވުމުގެ ކުރިން އެތްލެޓިކްގެ އިޒޭޓާ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 4-1 އަށް ބަދަލުކޮށްފަ އެވެ.

ލަލީގާގެ ޗެމްޕިއަންކަން ބާސެލޯނާ އިން ހޯދާފައިވަނީ އަމިއްލަ ދަނޑުގައި މި ސީޒަނުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ.