ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ފަހު ކޯޗުކަމުގައި އޭނާ ދެމި ނުހުންނާނެ ކަމަށް އުރުގުއޭގެ ކޯޗު މާސެލޯ ބިއެލްސާ ބުނެފި އެވެ.
މުބާރާތާ ބެހޭ ގޮތުން ވާހަކަ ދައްކަމުން އާޖެންޓީނާގެ ކޯޗު ބުނީ ވޯލްޑް ކަޕުގައި ވާދަ ކުރުމަކީ ކޮންމެ މީހަކަށް ވެސް ލިބޭނެ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށެވެ.
"ވޯލްޑް ކަޕާއެކު ވަޒީފާ ނިމިގެންދާނެ. ކޮންމެ މީހެއްގެ ކެރިއަރުގައި ވެސް ވޯލްޑް ކަޕުގައި ވާދަ ކުރެވުމަކީ ވަރަށް ބޮޑު ކާމިޔާބީ އެއް. އެއީ ވަރަށް ހައިރާން ކުރުވަނިވި ވެސް ކަމެއް. އަހަރެން އަބަދުވެސް ވަރަށް އުފާ ކުރާނަން އުރުގުއޭއިން އަހަރެންނަށް މި ފުރުސަތު ދިނީތީވެ.،" ބިއެލްސާ ބުންޏެވެ.
ޖޫން 11 ވަނަ ދުވަހުން ޖުލައި 19 އަށް ކުރިއަށްދާ މުބާރާތަކީ ބިއެލްސާގެ ތިން ވަނަ ވޯލްޑް ކަޕެވެ. އޭނާ ވަނީ 2002 ވަނަ އަހަރު އާޖެންޓީނާ އަށް އަދި 2014 ވަނަ އަހަރު ޗިލީ އަށް ވޯލްޑް ކަޕުގައި ކޯޗުކޮށްދީފަ އެވެ.
އޭނާ އުރުގުއޭގެ ކޯޗުކަމާ ހަވާލުވީ 2023 ވަނަ އަހަރު އެވެ. ބިއެލްސާ ކޯޗުކަމާ ވަކިވާން ނިންމިއިރު އުރުގުއޭގެ ބައެއް ސީނިއާ ކުޅުންތެރިންނާއި އޭނާއާ މެދު އޭނާއާ މެދު މާބޮޑު ގުޅުމެއް ނެތެވެ. މި ގޮތުން އެންމެ ފާހަގަ ކުރެވެނީ ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާ ލުއިސް ސުއަރޭޒް ދާދި ފަހުން އޭނާ އަށް ފާޑު ކިޔާފައިވުމެވެ.
ވޯލްޑް ކަޕުގައި އުރުގުއޭ ހިމެނެނީ ސްޕޭނާއި ކޭޕްވާޑޭ އާއި ސައޫދީ އަރަބިއާއާއެކު ގްރޫޕް އެޗްގަ އެވެ.