ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދިޔަ ގައިދީއަކު، އަވަސް ފަރުވާ ދިނުމަށް ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވަނިކޮށް ފިލައިފިއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ހާމަކުރި ގޮތުގައި އަވަސް ފަރުވާ ދިނުމަށް ގެންގޮސްފައިވަނިކޮށް ފިލުމާއި ގުޅިގެން ހޯދަމުން އަންނަނީ ލ. މާބައިދޫ، ޝަބްނަމް ހައުސް، ޙުސެއިން ޝަޙްބާން އެވެ. އޭނާ ފިލާފައިވަނީ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް ކަމަށް އެ އިދާރާއިން މައުލޫމާތު ދެއްވައެވެ.
ޝަޙްބާން ހޯދުމުގެ މަސައްކަތް މިހާރު މޯލްޑިވްސް ޕޮލިސް ސަރވިސްއާ ގުޅިގެން ފަށާފައިވާ ކަމަށް ކަރެކްޝަންސްއިން ވިދާޅުވިއެވެ. އަދި އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ، ލަސްނުކޮށް ފުލުހުންގެ ނަންބަރު 3322111 އަށް ގުޅުއްވައި އެކަން ހިއްސާކޮށްދެއްވުމަށް އެ މުއައްސަސާއިން ވަނީ އެދިވަޑައިގެންފައެވެ.
މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް މިހާތަނަށް ކަރެކްޝަންސްއިން ހާމަކުރައްވާފައެއް ނުވެއެވެ.