މިހާރު ކުރިއަށްދާ 25 ވަނަ ނެޓްބޯލް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ކުއާޓަރ ފައިނަލްގެ ފަހު ޖާގަތައް، ފިއޯންޓީ، ޔޫތު ޔުނައިޓެޑް އަދި ޝައިނިންގ ސްޓާ ހޯދައިފިއެވެ.
މުބާރާތުގެ ކުއާޓަރގެ ފަހު ޖާގަތައް ކަށަވަރުވެފައި ވަނީ، ޒުވާނުންގެ މަރުކަޒުގެ އެތެރޭ ހޯލުގައި އިއްޔެ ކުޅުނު ގުރޫޕްތަކުގެ ފަހު މެޗުތަކަށް ފަހުއެވެ.
އެގޮތުން، ގްރޫޕް ބީގެ ފަހު މެޗުގައި ފިއޯންޓީ އާއި ބްލެކް ޕެންތަރސް އެވެ. މިމެޗު، 8-42 ގެ ނަތީޖާއިން ފަސޭހަކަމާއެކު ކާމިޔާބުކުރީ ފިއޯންޓީއެވެ. ގްރޫޕް އޭގެ ފަހު މެޗުގައި ސްކައިލާކް އާއި އެމްވީ ނެޓަރސް ބައްދަލުކޮށް، 22-27 ގެ ނަތީޖާއިން ކާމިޔާބުކުރީ ސްކައިލާކެވެ.
ގްރޫޕް ސީގެ ފަހު މެޗުގައި ޔޫތު ޔުނައިޓެޑް އެސްސީ އާއި އެން ސްޕޯޓްސް އެކެޑަމީ ބައްދަލުކޮށް، 20-31 ގެ ނަތީޖާއިން މެޗު ކާމިޔާބުކުރީ އެން ސްޕޯޓްސް އެކެޑަމީއެވެ. އަދި ގްރޫޕް ޑީގެ ފަހު މެޗުގައި އެސް ސީ ޝައިނިން ސްޓަރ އާއި ގްރީން ސްޓްރީޓްސް ބައްދަލުކޮށް، 34-39 ގެ ނަތީޖާއިން މެޗު ކާމިޔާބުކުރީ ޝައިނިން ސްޓަރއެވެ.
ފަހު މެޗުން ޔޫތު ޔުނައިޓެޑް ބަލިވިނަމަވެސް އެޓީމު ކުއާޓަރއަށް ގޮސްފައިވަނީ ގުރޫޕް 3 ގެ ދެވަނަ ޓީމުގެ ގޮތުގައެވެ. ގުރޫޕް ސްޓޭޖުގެ ތިން މެޗުވެސް ކާމިޔާބުކޮށް، ގުރޫޕް 3 ގެ އެއްވަނަ ހޯދާފައިވަނީ އެން ސްޕޯޓްސް އެކެޑަމީއެވެ.
ކުއާޓަރ ފައިނަލް މެޗުތައް ކުރިއަށްދާނީ މިއަދު ހަވީރު 5:15 އިން ފެށިގެން، ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައެވެ.
މިއަދުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އާޖީލަކަށް އާއި ފިއޯންޓީއެވެ. ދެވަނަ މެޗުގައި ކްލަބް މެޓްރިކްސް އާއި ކޭވައިއާރުސީ ބައްދަލުކުރާއިރު، ތިންވަނަ މެޗުގައި ބައްދަލުކުރާނީ އެން ސްޕޯޓްސް އެކެޑަމީ އާއި ކްލަބް ގްރީން ސްޓްރީޓްސްއެވެ. އަދި ކުއާޓަރގެ ފަހު މެޗުގައި ކުޅޭނީ އެސްސީ ޝައިނިންގ ސްޓާ އާއި ޔޫތު ޔުނައިޓެޑް އެސް ސީއެވެ.