ޚަބަރު

ތޫފާން "މެތިއު"ގެ ސަބަބުން ހެއިޓީގައި 800 އަށްވުރެ ގިނަ މަރު!


ކެރީބިޔަން ކަނޑުގައި އުފެދިފައިވާ ބާރުގަދަ ތޫފާން "މެތިއު"ގެ ސަބަބުން ހެއިޓީގައި މަރުވި މީހުންގެ ޢަދަދު 800 އަށް ވުރެ މައްޗަށް އަރައިފިއެވެ. img:http://s1.psmnews.mv/images/660x400/14759227680949.jpg|ތޫފާން މެތިއުގައި ހައިޓީން 800 އަށްވުރެ ގިނަ މީހުން މަރުވެފައިވޭ - ފޮޓޯ: ޝިންގހުއާ

"މެތިއު" ތޫފާން މިހާތަނަށް އެރި ޤައުމުތަކުގެ ތެރެއިން އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީވެސް ހެއިޓީއަށެވެ. ހެއިޓީގައި މި ތޫފާންގެ ސަބަބުން ދިމާވި އެކި ހާދިސާތަކުގައި މަރުވި މީހުންގެ ޢަދަދު ވަނީ 842 ށް އަރާފައެވެ. ހެއިޓީގެ ސަރުކާރުން ބުނީ "މެތިއު" އެރި ސަރަޙައްދުތައް މުޅިން ބިމާހަމަވެފައިވާ ކަމަށާއި، އެޠޫފާނުގެ ސަބަބުން ލިބުނު މާއްދީ ގެއްލުންތައް އެތަށް ސަތޭކަ މިލިޔަން ޑޮލަރަކަށް އަރާކަމަށެވެ. މެތިއުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ހެއިޓީގެ ފަޤީރު ސަރަޙައްދުތަކަށެވެ. img:http://s4.psmnews.mv/images/660x400/14759227865151.jpg|ތޫފާން މެތިއުގައި ހައިޓީން 800 އަށްވުރެ ގިނަ މީހުން މަރުވެފައިވޭ - ފޮޓޯ: ޝިންގހުއާ

ތޫފާން މެތިއުގެ އަސަރުކޮށްފައިވާ ހެއިޓީގެ ސަރަޙައްދުތަކުގައި ހަލުވިކަމާއި އެކު ކޮލެރާ ފެތުރެމުންދާކަމަށްވެސް ޚަބަރުތައް ބުނެވެ. ކޮލެރާ ޖެހިގެން މިހާތަނަށް 20 މީހުން މަރުވެފައިވާ ކަމަށް ކަމާއި ބެހޭ ފަރާތްތަކުން ބުނެވެ. ހެއިޓީގެ ކަމާއި ބެހޭ ފަރާތްތަކުން ބުނީ ތޫފާނުގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންގެ ތެރެއިން 61،500 މީހުން ވަގުތީ ހިޔާތަކަށް ބަދަލްކޮށްފައިވާ ކަމަށެވެ.

އަނެއްކޮޅުން މިތޫފާނުގެ ސަބަބުން ބިމާހަމަވެފައިވާ ސަރަޙައްދުތަކުގެ 350،000 މީހުންނަށް ކުއްލި އެހީއަށް ބޭނުންވެފައިވާ ކަމަށް އ.ދ. ން ވަނީ ބުނެފައެވެ. "މެތިއު" ތޫފާންގެ އަސަރު ހެއިޓީގެ އިތުރުން ކިއުބާ، ޖެމެއިކާއާއި ބަހާމާސް އަށްވެސް ވަނީ ވަނީކޮށްފައެވެ. އަދި މިތޫފާނުގެ އަސަރު އެމެރިކާގެ ފްލޮރިޑާއާ، އިރުދެކުނުގެ ސްޓޭޓްތަކަށްވެސް ވަނީ ކޮށްފައެވެ. img:http://s3.psmnews.mv/images/660x400/14759228166471.jpg|ތޫފާން މެތިއުގައި ހައިޓީން 800 އަށްވުރެ ގިނަ މީހުން މަރުވެފައިވޭ - ފޮޓޯ: ޝިންގހުއާ

ތޫފާނުގެ ސަބަބުން އެމެރިކާގެ ފްލޮރިޑާގެ 600،000 ގެއިން ވަނީ ކަރަންޓު ކަޑައިގެން ގޮސްފައެވެ. އެމެރިކާގެ މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނީ 120 މޭލު ބާރުމިނުގައި ވައި ޖެހެމުންދާ މިތޫފާނަކީ ވޭތުވެދިޔަ 118 އަހަރުގެ ތެރޭގައި ފްލޮރިޑާއަށް އައި އެންމެ ބާރުގަދަ ތޫފާނު ކަމަށެވެ. img:http://s4.psmnews.mv/images/660x400/14759228348998.jpg|ތޫފާން މެތިއުގައި ހައިޓީން 800 އަށްވުރެ ގިނަ މީހުން މަރުވެފައިވޭ - ފޮޓޯ: ޝިންގހުއާ

އެމެރިކާގައި ތޫފާނު އަރާނެ ކަމަށް ބެލެވޭ ސަރަޙައްދުތަކުގެ ރައްޔިތުން އެކަމަށް ސަމާލުވެ، ކަމާބެހޭ ފަރާތްތަކުގެ އިރުޝާދާއި އެއްގޮތައް ޢަމަލުކުރުމަށް އެމެރިކާގެ ރައީސް ބަރާކް އޮބާމާ ވަނީ އިލްތިމާސް ކުރައްވާފައެވެ. ތޫފާން މެތިއުގެ އަސަރު އެންމެ ބޮޑަށް ކުރާނެކަމަށް ލަފާކުރާ، ކެރޮލީނާގައި ވަނީ ކުއްލި ހާލަތު އިއުލާންކޮށްފައެވެ. އެމެރިކާއާއި ހަމަޔަށް މިތޫފާނު ދަތުރުކުރި އިރު ތޫފާންގެ ބާރުމިންވަނީ ކެޓަގަރީ 4 ން 3 ށް ދަށަށް ގޮސްފައިކަމަށް މޫސުމާއި ބެހޭ އިދާރާތަކުން ބުނެއެވެ.