ޚަބަރު

14 އަހަރުން ދަށުގެ ރާއްޖެ ޖޫނިއަރސް މުބާރާތުގައި 24 ޓީމު


  • ޓީމުތައް ބަހާލާފައި ވަނީ 8 ގުރޫޕަށް

  • ކޮންމެ ޓީމަކުން ދެ މެޗު ކުޅޭނެ، ދެވަނަ ބުރަށް ދާނީ ކޮންމެ ގުރޫޕެއްގެ އެއްވަނަ ޓީމު

  • މެޗުތައް ކުޅޭނީ މާލޭ 1 ނަންބަރު ޓަރފްގައި

14 އަހަރުން ދަށުގެ "ރާއްޖެ ޖޫނިއަރސް" ފުޓުބޯޅަ މުބާރާތުގެ ގުރު، 24 ޓީމާއެކު ނަގައިފިއެވެ.

މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، 8 ގުރޫޕަކަށް ބަހާލައިގެން ކޮންމެ ގުރޫޕެއްގައި ތިން ޓީމު ހިމެނޭހެންނެވެ. ގްރޫޕް ސްޓޭޖުގައި ކޮންމެ ޓީމަކުންވެސް ދެ މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު، މުބާރާތް ވީހާވެސް އަވަހަށް ނިންމާލާ، ދަރިވަރުން އިމްތިހާނަށް ތައްޔާރުވުމަށް އެކަށީގެންވާ ވަގުތެއް ދިނުމަށްޓަކައި، މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކުރާ ގޮތަށް ހަމަޖެހިފައިވަނީ ކޮންމެ ގުރޫޕެއްގެވެސް އެއްވަނަ ޓީމު އެކަންޏެވެ.

މުބާރާތުގެ ގުރޫޕްތައް ބެހިފައިވާ ގޮތް:
ގްރޫޕް 1
ދަރުމަވަންތަ ސްކޫލް
ގާފަރު ސްކޫލް
ހިރިޔާ ސްކޫލް

ގްރޫޕް 2
ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލް
މުޙްޔިއްދީން ސްކޫލް
މަޖީދިއްޔާ ސްކޫލް

ގްރޫޕް 3
އަމީނިއްޔާ ސްކޫލް
އިސްކަންދަރު ސްކޫލް
ޢިމާދުއްދީން ސްކޫލް

ގްރޫޕް 4
ކަލާފާނު ސްކޫލް
ޝަހީދު ޢަލީ ސްކޫލް
ތާޖުއްދީން ސްކޫލް

ގްރޫޕް 5
ރެހެންދި ސްކޫލް
އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް
ބްރައިޓްވޭ އިންޓަރނޭޝަނަލް ސްކޫލް


ގްރޫޕް 6
މަދްރަސަތުލް އިފްތިތާޙް
ކ.އަތޮޅު މަދަރުސާ
ޢަރަބިއްޔާ ސްކޫލް

ގްރޫޕް 7

ހުރަވީ ސްކޫލް
ޖަމާލުއްދީން ސްކޫލް
ބިލަބޮންގ ހައި އިންޓަރނޭޝަނަލް ސްކޫލް

ގްރޫޕް 8
ޞަލާޙުއްދީން ސްކޫލް
ގާޒީ ސްކޫލް
ގުރައިދޫ ސްކޫލް

ސްކޫލްތަކުގެ މެދުގައި ބާއްވާ އިންޓަރ ސްކޫލް ކުޅިވަރު މުބާރާތްތަކުގައި ގްރޭޑް 7 އިން ދަށުގެ ކުދިންނަށް ނުކުޅެވޭ ގޮތަށް އެޑިއުކޭޝަން މިނިސްޓްރީން އެކުލަވާލި އުސޫލާ ގުޅިގެން ކުރިން ބާއްވަމުން އަންނަ އިންޓަރ ސްކޫލް އެކި އުމުރުފުރާތަކުގެ މުބާރާތްތައް މި އަހަރުން ފެށިގެން ނުބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އޭގެ ބަދަލުގައި އިންޓަރ ސްކޫލް މުބާރާތްތައް ބޭއްވޭ އެންމެ ދަށް އުމުރު ފުރައަކީ 14 އަހަރުންދަށް ކަމަށްވެސް އެ އުސޫލުގައި ކަނޑައަޅާފައި ވެއެވެ.

މި އަހަރުން ފެށިގެން ބާއްވާ އިންޓަރ ސްކޫލް 14 އަހަރުން މަތީގެ މުބާރާތްތައް ބޭއްވުމަށް ހަމެޖެހިފަ ވަނީ "ރާއްޖެ ޖޫނިއަރސް ޗެމްޕިއަންޝިޕްގެ ނަމުގައެވެ.

މި މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މާލޭ 1 ނަންބަރު ޓަރފްގައެވެ.