ސިޔާސީ

ޕީޕީއެމްގެ ސްޕޯކްސްޕާސަންގެ މަޤާމަށް އަނެއްކާވެސް މަހްލޫފް


ޕީޕީއެމްގެ ސްޕޯކްސްޕާސަންގެ މަޤާމުން އިސްތިއުފާ ދެއްވި އަޙްމަދު މަޙްލޫފާ އަލުން އެމަޤާމް ޙަވާލުކޮށްފައިވާ ކަމަށް އެޕާޓީއިން ބުނެފިއެވެ. މިއަދު މެންދުރު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޕީ.ޕީ.އެމްގެ ނައިބްރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އެޕާޓީގެ ސްޕޯކްސްޕާސަންގެ މަޤާމުގައި މަހޫލޫފު ހުންނެވުމަށް ޕާޓީގެ އިސްވެރިން ބޭނުންފުޅުވުމުން މަހްލޫފް އަލުން އެމަޤާމާ ޙަވާލުވީ ކަމަށެވެ. ކެމްޕެއިނަށް ވަގުތު ހުސްކުރަން ބޭނުންވާތީ ކަމަށް ވިދާޅުވެ ޕީ.ޕީ.އެމްގެ ސްޕޯކްސްޕާސަންގެ މަޤާމުން މަޙްލޫފު އިސްތިއުފާ ދެއްވާފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ. އޭގެފަހުން އެހެން ޕާޓީއަކާ ގުޅެން އުޅޭ ކަމަށް މީޑިއާގައި ޚަބަރު ފެތުރިގެންދިޔަ ނަމަވެސް މަހްލޫފް ވަނީ އެވާހަކަ ދޮގުކުރައްވާފައެވެ.