ޚަބަރު

އިންވެސްޓްމަންޓް ފޯރަމްގެ ޕްލެޓިނަމް ޕާޓްނާރއަކަށް އުރީދޫ


މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމްގެ ޕްލެޓިނަމް ޕާޓްނާރއަކަށް އުރީދޫ ހަމަޖައްސާ އެމް.އޯ.ޔޫގައި މިއަދު ސޮއިކޮށްފިއެވެ.

އިކޮނިމިކް މިނިސްޓްރީ ގައި އޮތް ރަސްމިއްޔާތުގައި މި އެމް.އޯ.ޔޫގައި ސޮއިކުރެއްވީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު އަނީސް، އަދި އުރީދޫގެ ހެޑް އޮފް ސޭލްސް ހުސައިން ނިޔާޒެވެ.

އުރީދޫއިން ވަނީ މީގެ ކުރިން ޗައިނާގައި ބޭއްވި ފޯރަމްގައިވެސް ބައިވެރިވެފައެވެ. ސޮއިކުރުމަށްފަހު ވާހަކަދައްވަމުން ސްޓޭޓް މިނިސްޓަރ މުޙައްމަދު އަނީސް ވިދާޅުވީ މިފަހަރުގެ އިންވެސްޓްމަންޓް ފޯރަމް ޝެޑިއުލްއާއި އެއްގޮތަށް ކުރިޔަށްގެންދާނެ ކަމަށެވެ. އަދި މިފަދަ ފޯރަމްތަކަށް އުރީދޫއިން ދެއްވާ އެއްބާރުލެއްވުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ޖޮއިންޓް ޕާރޓްނަރެއްގެ ގޮތުގައި ފެޑެރޭޝަން އޮފް އިންޑިއަން ޗެންބަރ އޮފް ކޮމާސް ބައިވެރިވާނެކަމަށް ސްޓޭޓް މިނިސްޓަރ އަނީސް ވިދާޅުވިއެވެ.

އުރީދޫގެ ހެޑް އޮފް ސޭލްސް ހުސައިން ނިޔާޒް ވިދާޅުވީ އިކޮނޮމިކް މިނިސްޓްރީން އިންވެސްޓަރުން ހޯދުމަށް މަސައްކަތް ކުރައްވަމުން ގެންދަވާއިރު، އެ އަންނަ އިންވެސްޓަރުންނަށް ރާއްޖޭގައި ޓެލެކޮމް ސާރވިސް ލިބޭނެ ރަގަޅު ކުންފުނިތަކެއް ހުރިކަމުގެ ޔަޤީންކަން އޮންނަންޖެހޭ ކަމަށެވެ. މިފަދަ ފޯރަމްތަކުގައި ބައިވެރިވުމުގެ އެންމެ ބޮޑު ބޭނުމަކީ އެފަދަ ފަރާތްތަކަށް ރާއްޖެ މިއޮތީ މިދާއިރާގައި ތައްޔާރަށްކަން އަންގައިދިނުން ކަމަށެވެ. މި އަހަރުގެ އިންވެސްމަންޓް ފޯރަމް އޮންނާނީ އަންނަ މަހުގެ 21 ން 22 ށް އިންޑިޔާގެ ނިޔުދިއްލީގައެވެ.