ޚަބަރު

ފީފާ ފުޓްސަލް ރޭންކިންގައި ރާއްޖެ ގަދަ 100 ގައި


  • އަންހެން ފުޓްސަލް ޓީމު އޮތީ ރޭންކިންގެ 96 ވަނައިގައި

  • ފިރިހެން ފުޓްސަލް ޓީމު އޮތީ 99 ވަނައިގައި

  • ފިރިހެން އަދި އަންހެން ރޭންކިންގެ އެއްވަނައިގައި އޮތީ ބްރެޒިލް

ފީފާއިން އާންމުކޮށްފައިވާ އަންހެން އަދި ފިރިހެން ފުޓްސަލް ރޭންކިންގެ ގަދަ 100 ގައި ރާއްޖެ ހިމެނިއްޖެއެވެ.

ސާފް ސަރަހައްދުން ރޭންކިންގެ އެއްވަނައިގައި މިވަގުތު އޮތް ރާއްޖޭގެ ފިރިހެން ފުޓްސަލް ޓީމު، ފީފާ ރޭންކިންގައި އޮތީ 99 ވަނައިގައެވެ. ރާއްޖޭގެ އަންހެން ފުޓްސަލް ޓީމު އޮތީ ރޭންކިންގެ 96 ވަނައިގައެވެ. ފީފާއިން އާންމުކުރި ރޭންކިންގެ އެންމެ ކުރީގައި އޮތީ ބްރެޒިލެވެ. އަންހެން އަދި ފިރިހެން ރޭންކިން ވަކި ވަކިން އާންމުކޮށްފައިވާއިރު ބްރެޒިލް ވަނީ ދެ ބައިންވެސް ރޭންކިންގެ އެއްވަނައިގައެވެ.

ފިރިހެން ރޭންކިންގެ އެންމެ ކުރީގައި އުޅޭ ގައުމުތަކަކީ 2 ވަނައިގައި އޮތް ޕޯޗުގަލްއާއި 3 ވަނައައިގައި އޮތް ސްޕެއިންއެވެ. ރޭންކިންގެ ހަތަރެއްގައި އާޖެންޓީނާ އޮތްއިރު ފަސްވަނައިގައި އޮތީ އޭޝިއާ ސަރަހައްދުގެ އެންމެ ވަރުގަދަ ގައުމު އީރާނެވެ.

އަންހެން ފުޓްސަލް ރޭންކިންގެ އެއްވަނައިގައި ބްރެޒިލް އޮތްއިރު ދެވަނައިގައި އޮތީ ސްޕެއިންއެވެ. ތިންވަނައިގައި ޕޯޗުގަލް އަދި ހަތަރުވަނައިގައި އާޖެންޓީނާއެވެ. ރޭންކިންގެ ފަސްވަނައިގައި އޮތީ އިޓަލީއެވެ.

މި ސަރަހައްދުގެ ގައުމުތަކަށް ބަލާއިރު އަންހެން ފުޓްސަލް ރޭންކިންގައި ބޫޓާން އޮތީ 89 ވަނައިގައެވެ. ނޭޕާލް 91 ވަނައިގައި އޮތް އިރު ޕާކިސްތާނު އޮތީ 94 ވަނައިގައެވެ. ރާއްޖެއާއި އެކު މި ގައުމުތައް ރޭންކިން ލިސްޓަށް އަރާފައި މިވަނީ ފުރަތަމަ ފަހަރަށެވެ.

ފީފާއިން ފުޓްސަލް ރޭންކިންގ އެކުލަވާލަން ފެށީ 2024 ވަނަ އަހަރުން ފެށިގެންނެވެ. މިއަހަރުގެ ރޭންކިންގައި ފިރިހެން ރޭންކިންއަށް ބަލާއިރު އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައިވަނީ 58 ވަނައިގައި އޮތް ނޯތު މެސެޑޯނިއާ އާއި، 61 ވަނައިގައި އޮތް މޮންޓެނެގްރޯ އާއި 34 ވަނައިގައި އޮތް ޕެރޫއާއި 82 ވަނައަށް ކުރިއަށް ޖެހިލާފައިވާ ނޯވޭއެވެ. އަދި ކޭޕް ވާޑް އާއި 140 ވަނައިގައި އޮތް ސްރީލަންކާއާއި، 141 ވަނައިގައި އޮތް ބޫޓާނާއި 142 ވަނައިގައި އޮތް ސެނެގާލް އާއި 143 ވަނައިގައި އޮތް ކެންޔާ ރޭންކިންގއަށް އަރާފައިމިވަނީ ފުރަތަމަ ފަހަރަށެވެ.

ރާއްޖެ އަންހެން އަދި ފިރިހެން ރޭންކިންގެ ގަދަ 100 ގައި ހިމެނިފައިވާއިރު މިދިޔަ އަހަރާއި މިއަހަރުވެސް ރާއްޖޭގެ ފުޓްސަލް ޓީމުތަކުން ބައިނަލްއަގްވާމީ މައިދާނުގައި ރަނގަޅު ކާމިޔާބީތަކެއް ހޯދިއެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީއަކީ ތައިލޭންޑުގައި ޖެނުއަރީގައި ބޭއްވި ސާފުން ބޭއްވި ފުރަތަމަ ފުޓްސަލް މުބާރާތް ކާމިޔާބުކޮށް ރާއްޖޭން ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ފުރަތަމަ ތަށި އުފުލާލުމެވެ.

އަންހެން ފުޓްސަލް ޓީމަށް މާ ދުރަށް ނުދެވުނުކަމުގައިވިޔަސް އަންހެން ޓީމުންވެސް އަންނަނީ ބައިނަލްއަގްވާމީ މެޗުތަކުން ލިބޭ ތަޖުރިބާގެ އަލީގައި ފެންވަރު ރަނގަޅުކުރަމުންނެވެ.