ބެޑްމިންޓަން އެސޯސިއޭޝަން ޗެމްޕިއަންޝިޕް 2026، އަންނަ ބުދަ ދުވަހު ފަށަން ނިންމައިފިއެވެ.
ބެޑްމިންޓަން އެސޯސިއޭޝަނުން ބުނީ މި މުބާރާތުގައި ސީނިއާ އަދި ޖޫނިއާ އިވެންޓުތައްވެސް ހިމެނޭކަމަށެވެ.
މި މުބާރާތުގެ ކުޅުން ކުރިޔަށްދާނީ މެއި 6-12 އަށް މާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި ހުންނަ ބެޑްމިންޓަން ހޯލުގައެވެ. މި މުބާރާތުގައި ހުރިހާ އުމުރުފުރާތަކުގެ ސިންގަލް އިވެންޓުތަކާއި ޑަބަލް އަދި ޓީމު އިވެންޓުތައް ކުރިޔަށް ގެންދާނެއެވެ.
މިއީ ބެޑްމިންޓަން އެސޯސިއޭޝަނުން ހަގު އުމުރުފުރާތަކުގެ ޑިވެލޮޕްމެންޓަށް ދޭ އިސްކަމާއި އެކު، އެކަޑަމީތަކާއި ކުލަބުތަކުގެ ކުޅުންތެރިންނަށް ވާދަވެރި މެޗުތަކެއް ކުޅެ އިތުރަށް ހުނަރު ތަރައްޤީކުރުމަށް ކުޅުންތެރިންނަށް ދެވޭ ފުރުސަތެކެވެ.