ވިޔަފާރި

ޓްރެވަލް އެވޯޑް ލިބޭ ފަރާތްތައް ޖަޖްކުރުމުގެ މަސައްކަތް ފަށައިފި


މިއަހަރުގެ މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑް ލިބޭ ފަރާތްތައް ކަނޑައެޅުމަށް ޖަޖްކުރުމުގެ މަސައްކަތް ފަށައިފިއެވެ. 

މިއަހަރުގެ މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑަށް މިއަހަރު 140 އަށް ވުރެ ގިނަ ފަރާތަކުން ނަން ހުށަހަޅާފައިވާއިރު، މި އަދަދަކީ ރެކޯޑް ޢަދަދެކެވެ. މިއަހަރުގެ މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްގެ ޖަޖިންގް ޕެނަލްގައި ޖުމްލަ 8 ބޭފުޅުން ހިމެނިވަޑައިގަނެއެވެ.

ޓްރެވަލް އެވޯޑް ލިބޭ ފަރާތްތައް ކަނޑައެޅުމުގައި ދެވޭ ޖުމްލަ މަރކްސް ބިނާވަނީ ޖަޖުންގެ 70 އިންސައްތަ އަދި ޢާއްމުންގެ 30 އިންސައްތަ ވޯޓުގެ މައްޗަށެވެ. އައު 5 ކެޓަގަރީއަކާއެކު މިއަހަރު ޖުމްލަ 35 ކެޓަގަރީން މޯލްޑިވްސް ޓްރެވަލް އެވޯޑް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި އަހަރުގެ އެވޯޑް ޝޯ ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރ މަހުގެ 19 ވަނަ ދުވަހުއެވެ.