ކުޅިވަރު

ރެފްރީން ތާޒާކުރާ ޕްރޮގްރާމަށް ރާއްޖޭގެ 3 ރެފްރީން ތައިލެންޑަށް


ވޮލީބޯލް ރެފްރީން ތާޒާ ކުރުމަށް ކުރިޔަށް ގެންދާ ޕްރޮގްރާމްގައި ބައިވެރިވުމަށް ރާއްޖޭގެ 3 ރެފްރީން ތައިލެންޑަށް ފުރައިފިއެވެ.

މިމަހުގެ ފަހަކުން ނުވައެއްގެ ނިޔަލަށް ތައިލެންޑްގައި ކުރިޔަށްގެންދާ ރެފްރީން ތާޒާ ކުރުމުގެ ޕްރޮގްރާމަށް ރާއްޖެއިން ދިޔަ 3 ރެފްރީންނަކީ ތަޖުރިބާކާރު ވޮލީ ރެފްރީ އަޙްމަދު ސަލީމާއި އަޙްމަދު ނަޝީދާއި ޢަބްދުލް މަޖީދު މޫސާއެވެ. މި ޓްރެއިނިންގް ޕްރޮގްރާމަކީ އެފްއައިވީބީއާއި އޭޝިއަން ވޮލީބޯލް ޗޮންފެޑެރޭޝަން ގުޅިގެން ކުރިޔަށް ގެންދާ ޓްރެއިނިންގް ޕްރޮގްރާމެކެވެ. 

ވޮލީބޯލް އެސޯސިއޭޝަންގެ ހިންގާ ކޮމެޓީއަށް މިދިޔަ ހަފްތާ އިންތިޚާބްކުރި އާ ހިންގާ ކޮމެޓީން މަޢުލޫމާތުދޭ ގޮތުގައި މިފަދަ ގިނަ ތަމްރީނު ޕްރޮގްރާމް ތަކުގައި ރާއްޖޭގެ ރެފްރީން ކުރިޔަށް އޮތްތަނުގައި ބައިވެރިކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދިނުމަށްވަނީ ނިންމަވާފައެވެ.