ޚަބަރު

14 ގައިދީއަކު އެސްއެސްސީ އިމްތިޙާނުގައި ބައިވެރިވެއްޖެ


މިއަހަރުގެ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާންގައި 14 ގައިދީއަކު ބައިވެރިވެފައިވާކަމަށް ކަރެކްޝަނަލް ސަރވިސްއިން ވިދާޅުވެއްޖެއެވެ.

ކަރެކްޝަނަލް ސަރވިސުން ވިދާޅުވިގޮތުގައި ގައިދީން އިމްތިޙާނުގައި ބައިވެރިވީ ގައިދީންނަށް ކިޔަވައިދެއްވައި އެމީހުންނަކީ މުޖުތަމަޢު ބަލައިގަންނަ ބަޔަކަށް ހެއްދެވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތެރެއިން ފަހިކޮށްދެއްވާފައިވާ ފުރުޞަތުތަކުގެ ދަށުންކަމަށެވެ މިދިޔަ އަހަރުވެސް 16 ގައިދީއަކު އެސްއެސްސީ އިމްތިޙާނުގައި ބައިވެރިވެފައިވެއެވެ.

ގައިދީންނަށް ޚާއްޞަކުރައްވައިގެން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އާއި އިންސްޓިޓިއުޓް ފޮރ ޤުރުއާން އެންޑް ސުންނަތް ގުޅިވަޑައިގެން މިހާރުވެސް އެކިކަހަލަ ކޯސްތައް ކުރިއަށް ގެންދަވައެވެ. އެގޮތުން ޤުރުއާން ކްލާސްތަކާއި ދީނީ ޢިލްމުގެ ކޯސްތައްވެސް ޖަލުތަކުގައި ތިބި ގައިދީންނަށް ހިންގަވަމުން ގެންދަވައެވެ.