ޚަބަރު

ވަޅިން ބިރުދައްކައިގެން ގިނަ ޢަދަދެއްގެ ފައިސާ ފޭރިގެންފި


މޫނު ނިވާކޮށްގެންތިބި ބަޔަކު ވެސްޓަރން ޔޫނިއަން އޮފީހުން ގިނަ ޢަދަދެއްގެ ފައިސާ ފޭރިގެންފިއެވެ. މިހާދިސާގައި މީހަކަށް އަނިޔާއެއް ވެފައިވާ ކަމުގެ މަޢުލޫމާތު އަދި ލިބިފައިނުވާ ކަމަށް ފުލުހުން ވިދާޅުވެއެވެ. 

މިކަން ހިނގާފައިވަނީ މިރޭ 00:45 އެހާކަންހާއިރު ކަމަށް ފުލުހުން ވިދާޅުވެއެވެ. ފުލުހުން ވިދާޅުވީ މޫނު ނިވާކޮށްގެންތިބި މިމީހުން ވެސްޓަރން ޔޫނިއަންގެ އޮފީހަށްވަދެ ފައިސާ ފޭރިގެންފައިވަނީ ވަޅިން ބިރުދައްކައިގެން ކަމަށެވެ. އަދި ފުލުހުން މިހާތަނަށް ބެލިބެލުމުން، މިކަން ކޮށްފައިވަނީ ވެސްޓަރން ޔޫނިއަން އޮފީހުގައި އެވަގުތު ތިބި ތަނުގެ މުވައްޒަފުން ބަނުމަށަފަހު ކަމަށް ފުލުހުން ވިދާޅުވެއެވެ. މިހާދިސާގައި ފޭރިގެންފައިވާ ފައިސާގެ ޖުމްލަ ޢަދަދު އަދި އިނގިފައިނުވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.

މިހާދިސާގެ މަޢުލޫމާތު ލިބުމާއެކު ފުލުހުން އެސަރަޙައްދުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.