ކުޅިވަރު

އެކިޓިކޭ އަށް ވޯލްޑް ކަޕް ނުކުޅެވޭނެ: ފްރާންސް


ފައިގެ ކުޑަހުޅު ކައިރިއަށް ލިބުނު އަނިޔާގެ ސަބަބުން ލިވަޕޫލްގެ ފޯވަޑް ހޫގޯ އެކިޓިކޭ އަށް ކުރިއަށް އޮތް ވޯލްޑް ކަޕުގައި ވެސް ނުކުޅެވޭނެ ކަމަށް ފްރާންސްގެ ގައުމީ ޓީމުން ބުނެފި އެވެ.

ފްރާންސްގެ ޒުވާން ފޯވަޑަށް އަނިޔާވީ ޗެމްޕިއަންސް ލީގުގައި ފްރާންސްގެ ޕީއެސްޖީ އަތުން ލިވަޕޫލް އިއްޔެރޭ 2-0އިން ބަލިވި މެޗުގަ އެވެ. އޭނާގެ ސްކޭން ތަކުން ދައްކާ ގޮތުން ފައިގެ ކުޑަހުޅު ކައިރިން ވަނީ ވަރަށް ބޮޑަށް ކަނޑައިގެން ގޮސްފަ އެވެ. ލިވަޕޫލުން ބުނީ މިއަނިޔާގެ ފުރިހަމަ ތަފްސީލެއް އަދި މުޅިން ކަށަވަރު ނުކުރެވޭ ކަމަށާއި ފަހަރުގައި އެކިޓިކޭ އަށް ކުރިއަށް އޮތް ސީޒަނުގެ ފެށުން ގެއްލިދާނެ ކަމަށެވެ. އެއީ އަނިޔާ މުޅިން ރަނގަޅުވާން ނުވަ މަހާއި އަހަރަކާ ގާތް ކުރާނެ ކަމަށް ބެލެވޭ ކަމަށް ސިއްހީ މާހިރުން ބުނަމުންދާތީ އެވެ. މިހެންވެއްޖެނަމަ އަންނަ ޖޫން މަހު ފަށާ ވޯލްޑް ކަޕުގައި އޭނާ އަށް ނުކުޅެވޭނެ އެވެ. 'ކޯޗު އާނޭ ސްލޮޓް ބުނީ އެކިޓިކޭ އަށް ލިބުނީ އާދައިގެ އަނިޔާއެއް ކަމަށް ނުބެލެވޭ ކަމަށެވެ.

މިކަން ކަށަވަރު ކޮށްދިނީ ފްރާންސްގެ ގައުމީ ޓީމުގެ ފަރާތުން ޑިޑިއޭ ޑެޝޯން އެވެ.

"މި އަނިޔާ އަކީ އެހާ ފަސޭހަ އަދި ކުޑަ އަނިޔާއެއް ނޫން. އޭނާ އަށް ވޯލްޑް ކަޕުގައި ނުކުޅެވޭނެ. އަހަރެން އޭނާއާ މެދު ހިތާމަކުރަން. މިއީ ފްރާންސްގެ ގައުމީ ޓީމާއި އޭނާ އަށް ވެސް ލިބުނު ވަރަށް ބޮޑު ދެރައެއް. އަހަރެންގެ ފުރިހަމަ ތާއީދު އޮންނާނެ އޭނާގެ ފަރުވާ އަށް،" ކޯޗު ބުންޏެވެ.

ފެންނަ ފެނުމަށް އެ އަނިޔާ ވަރަށް ސީރިއަސް. އޭނާ ދަނޑުން ބޭލައިގެން ފަރުވާ އަށް ފަހު ގެއަށް ދިޔަ ގޮތަށް އަދި އަހަރެން ނުދެކެން. ފަހަރުގައި އޭނާގެ އަނިޔާ ސީރިއަސް ވެދާނެ. އެހެންވެއްޖެނަމަ އަނެއްކާ ވެސް ފޫނުބެއްދޭ ގެއްލުމަކާ ކުރިމަތިވެދާނެ،" މި ސީޒަނުގައި ލިވަޕޫލަށް ބަދަލުވެ މިހާތަނަށް 17 ގޯލު ޖެހި ފޯވަޑާ ބެހޭ ގޮތުން ކޯޗު ބުންޏެވެ.

އުމުރުން މިހާރު 23 އަހަރުގެ އެކިޓިކޭ އަކީ ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯންގެ ލިސްޓުގައި ހިމެނޭ ކުޅުންތެރިއެކެވެ. އޭނާ ވަނީ ފްރާންސްގެ ގައުމީ ޓީމަށް ކުޅުނު އަށް މެޗުން ދެ ގޯލު ޖަހައިފަ އެވެ.