ޚަބަރު

ނަހަމަގޮތުގައި ބޭސް ބޭނުންކުރާ މިންވަރު ދެނެގަތުމާބެހޭ ތަމްރީނު


ރާއްޖޭގައި ބޭހުގެ ބާވަތްތައް ނަހަމަގޮތުގައި ބޭނުންކުރާ މިންވަރު ދެނެގަތުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާއި ކަމާ ގުޅުންހުރި ދާއިރާތައް ގުޅިވަޑައިގެން ހިންގެވި ތަމްރީނު ޕްރޮގްރާމް ނިންމަވާލައްވައިފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާއި، ކަމާގުޅުހުންހުރި ދާއިރާތަކުން ގުޅިވަޑައިގެން ބޭއްވެވި މި ބައްދަލުވުމުގައި، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯހާއި، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އަދި ނޭޝަނަލް ޑްރަގް އެޖެންސީން ބައިވެރިވެ ވަޑައިގަންނެވިއެވެ.

މި ތަމްރީނު ޕްރޮގްރާމްގެ ހިންގެވީ ރާއްޖޭގައި ބޭހުގެ ބާވަތްތައް ނަހަމަގޮތުގައި ބޭނުންކުރާ މިންވަރާއި، ޤާނޫނާއި ޤަވާއިދުތައް ތަންފީޒުކުރެވޭ މިންވަރު ދެނެގަތުމާއި މިކަންކަން ޙައްލުކުރުމަށް ހުރި ދަތިތަކާއި ގޮންޖެހުންތައް ދެނެގަނެ ކުރިއަށް ކުރަންހުރި ކަންކަން ދެނެގަތުމަށެވެ.

ޔޫއެންއޯޑީސީގެ އެހީތެރިކަމާއެކު ބޭއްވި މި ބައްދަލުވުމުގައި ކަމާގުޅޭ ދާއިރާތަކުން 45 ފަރާތަކުން ބައިވެރިވެވަޑައިގަތެވެ.