ޚަބަރު

"ގެންނަ އިސްލާހުން ރައްޔިތުންގެ ބައިވެރިވުން ނިޒާމުގައި ބޮޑުވާނެ"


  • ސަރުކާރު ޖަވާބުދާރީކުރެވޭނެ މަޖިލީހެއް ލިބޭނެކަމަށް ވިދާޅުވި

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމާއި ގުޅޭގޮތުން ގާނޫނުއަސާސީއަށް ގެންނަން ފާސްކޮށްފައިވާ އިސްލާހުގެ ސަބަބުން ރައްޔިތުންގެ ބައިވެރިވުން ދުަްސްތޫރީ ނިޒާމުގައި ބޮޑުވާނެކަމަށް ކުރިީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ވިދާުޅުވެއްޖެއެވެ.

ގާނޫނުއަސާސީއާަށް ގެންނަ އިސްލާހާމެދު ގާނޫނީ އަދި ދުސްތޫރީ ނަޒަރަކުން އިލްމީ ބަހުސްކުރުމަށް ބޭއްވި ފޯރަމްގައި ދިޔާނާ ވަނީ ގާނޫނުއަސާސީއަށް ގެންނަން ނިންމާފައިވާ އިސްލާހުން ލިބޭނެ ފައިދާތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފާއެވެ.

ދިޔާނާ ވިދާޅުވީ އިންތިހާުބުތައް އެއްދުވަހެއްގައި ބޭއްވުމުން ސަރުކާރުގެ ވެރިން ރައްޔިތުންނާއި ބައްދަލުވާ މިންވަރު މަދުވާނެކަމަށް ބައެއް ފަރާތްުަތަކުން ބުނާއިރު، އެއީ ރަނގަޅު ވާހަކައެއް ނޫންކަަމަށެވެ.

ދިޔާނާ ވިދާޅުވީ ކޮންމެ ދުވަހަކުވެސް ރައްޔިތުންނާއި ސަރުކާރު ބައްދަލުވާން ޖެހޭކަމަށާއި، އެކަމަަށް ގާުނޫނުއަސާސީގައި ކަނޑައަޅާފައިވާ ނިޒާމަކީ ރައްޔިތުން އިންތިޚާބުކުރާ މަންދޫބުން ކަމަށެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ބާރުތައް މުތްލަގަށް ސަރުކާރަަށް ލިބޭތީ ރައްޔިތުންނާއި ސަރުކާރާއި ދެމެދު އޮންނަ ގުޅުން މިހާރު ކުޑަވެފައިވާކަމަށާއި، އެއީ ނިޒާމު އޮތްގޮތުން ދިމާވާ މައްސަލައެއްކަން ދިޔަާނާ ފާަހަގަކުރެއްވިއެވެ.

"ނިޒާމުގައި އޮތް އުނިކަމަކީ ދެ އިންތިހާބު ދޭތެރޭގައި މުއްދަތެއް ދިއުުން. އޭގެ ސަބުަބުން ރައީސޮުލްޖުމްހޫރިއްޔާ މަޖިލިސް އިންތިހާބަށް ނިކުމެވަޑައިގަންނަވަނީ ދައުލަތުގެ ހުރިހާ ބާރެއް ހިއްޕަވައިގެން. ނަމަވެސް ފެންނަން އޮތް ހަގީގަތަކީ ރިޔާސީ ދައުރެއް ނިމޭދުވަހު އެ ނުފޫޒުތަަކަށް ރައްޔިތުން ނުލެނބޭކަން. އޭގެ ނަތީޖާއެއްގެ ގޮތުން އެއްވެސް ރައީސަކު ދެވަަނަ ދައުރެއް ލިބިވަޑައިގެންފައެއް ނެތް. ރިޔާސީ އިންތިހާބުގެ ނަތީޖާއަށް ބަލާލާއިރު ފެންނަނީ ހުރިހާ ޕާޓީތަކަށް ހަމަހަމަކޮށް ބެހިގެންދާ ތަން. އެހެންވީމަ ރީިޔާސީ އިންތިހާބު އޮންނަ ދުވަހު މަޖިލީހުގެ އިންތިހާބު ބާއްވައިފިނަމަ ހަމަ އެ ނަތީޖާ ނުކުންނާނެ. ސަރުކާރު ޖަވާބުދާރީކުރެވޭނެ މަޖިލީހެއް ލިބޭނެ" ދިޔާނާ ވިދާޅުވިއެވެ.

ދިޔާާނާ ވިދާޅުވީ ރިޔާސީ އިންތިހާބަކިީ އެންމެ ގިނަ ބަޔަކު ވޯޓްލާ އިންތިހާބުކަމަށާއި އެ ދުވަހު މަޖިލީހުގެ އިންތިހާބު ބާއްވައިފިނަމަ ޑިމޮކްރެޓިކް ނިޒާމުގައި ރައްޔިތުންގެ ބައިވެރިވުންވެސް ބޮޑުވާނެކަމަށެވެ.