ޓެކްސީލައިންގެ ޚިދުމަތަށް ބޭނުންވާ ޑްރައިވަރުން ނެގުމަށް މާދަމާ ވޯކް-އިން-އިންޓަރވިއުއެއް ކުރިއަށް ގެންދިޔުމަށް އެމްޓީސީސީން ނިންމައިފިއެވެ. ޓެކްސީ ލައިންގެ ޚިދުމަތަށް ބޭނުންވާ ޑްރައިވަރުން ހޯދުމަށް އެމްޓީސީސީން ވަނީ މިދިޔަ ޖަނަވަރީ މަހުވެސް ވޯކް-އިން-އިންޓަރވިއުއެއް ކުރިއަށް ގެންގޮސްފައެވެ.
އެމްޓީސީސީން ވިދާޅުވީ ޓެކްސީލައިންގެ ޚިދުމަތަށް ބޭނުންވާ ޑްރައިވަރުން ނެގުމަށް މާދަމާ ވޯކް-އިން-އިންޓަރވިއުއެއް ކުރިއަށްގެންދާނެކަމަށެވެ. އެ އިންޓަވިއު ކުރިއަށް ގެންދާނީ މާދަމާ ހެނދުނު 10:00އިން ހަވީރު 16:00އާ ހަމައަށެވެ. އިންޓަވިއު ކުރިއަށްދާނީ މާފަންނު ބަސްޓަމިނަލްގައެވެ.
މިދިޔަ ޖަނަވަރީ މަހު ކުރިއަށްގެންދިޔަ ވޯކް-އިން-އިންޓަރވިއުގައި 250އަށް ވުރެއް ގިނަ މީހުން ބައިވެރިވިއެވެ. ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ބެލުމުގެ ދަށުން ޓެކްސީލައިންގެ ޚިދުމަތް ކުރިއަށް ގެންދިޔުމަށް ޙަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.
Exciting News! 🔊
— MTCC Plc (@MTCCPlc) March 21, 2026
We are looking for motivated individuals to join #TeamMTCC as drivers for our Male’ Taxi Line Service.
Interested candidates are invited to attend our walk-in interview. Details are as follows:
📅 Date: 23rd March 2026 (Monday )
⏰ Time: 10:00 a.m. – 4:00… pic.twitter.com/30guhpj1yq
ޓެކްސީލައިންގެ ޚިދުމަތުގައި ޕާޓްޓައިމްކޮށް އަދި ފުލްޓައިމްކޮށް މަސައްކަތް ކުރާނެ ޑްރައިވަރުން ހޯދުމަށް އެމްޓީސީސީން ވަނީ އިއުލާން އިޢުލާންކޮށްފައެވެ. ޓެކްސީލައިންގެ ޚިދުމަތް ދިނުމަށްޓަކައި 407 ޑްރައިވަރުން ބޭނުންވެއެވެ. އޭގެ ތެރެއިން 122 ޑްރައިވަރުން ހޯދަނީ، ޕާޓްޓައިމްކޮށް މަސައްކަތް ކުރާ ގޮތަށެވެ. އަދި ބާކީ 285 ޑްރައިވަރުން ހޯދަނީ، ފުލްޓައިމްކޮށް މަސައްކަތް ކުރާ ގޮތަށެވެ.
ސަރުކާރުގެ ޓެކްސީ ލައިންގެ ޚިދުމަތް ފެށުމަށްޓަކައި މިހާރު ދަނީ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ. އެގޮތުން މި ޚިދުމަތުގައި ބޭނުން ކުރާ ތިމާވެއްޓާ ރައްޓެހި އުޅަނދުތައް ޗާޖް ކުރުމަށް ޚާއްސަ އީވީ ސްޓޭޝަންތައް މިހާރުވަނީ ތައްޔާރުކޮށްފައެވެ.
ސަރުކާރުން ޓެކްސީލައިނެއް ތަޢާރަފުކުރަން ނިންމީ، ޓެކްސީ ހޯދުމުގައި ޢާއްމުންނަށް ދިމާވާ ދަތިތައް ޙައްލުކޮށް، ބަރޯސާވެވޭ ލުއިފަސޭހަ ޚިދުމަތަކަށް އެޚިދުމަތް ހެދުމަށެވެ. ސަރުކާރުގެ ޓެކްސީ ލައިންގައި 3 ސައިޒެއްގެ އުޅަނދު ހިމެނޭއިރު، މި ޚިދުމަތަކީ 24 ގަޑިއިރު ދޭނެ ޚިދުމަތެކެވެ. މި ޚިދުމަތް ދޭން ހަމަޖެހިފައިވަނީ، މިކަމަށް ޚާއްޞަ އެޕްލިކޭޝަނެއް ޤާއިމުކޮށް، ރާއްޖެއިން ބޭރުގައި ދޭ އޫބާއާއި ގްރޭބް ފަދަ ޚިދުމަތްތަކުގެ ސްޓައިލަށެވެ.