އައްޑޫ ސިޓީ ހިތަދޫ ކުނި ގޮނޑުގައި ރޭ އަލިފާނުގެ ޙާދިސާއެއް ހިނގައިފިއެވެ.
ހިތަދޫގެ ކުނި ގޮނޑުގައި އަލިފާނުގެ ޙާދިސާއެއް ހިނގައިގެން ރިޕޯޓުކޮށްފައިވަނީ ރޭ އެކެއް ޖަހާ އެހާކަންހާއިރު ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. މި ޙާދިސާގާއި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.
ހިތަދޫ ކުނި ކޮށީގައި ރޯވި އަލިފާން ގަނޑު ރޭ ނިއްވާލާފައިވީނަމަވެސް، އަދިވެސް އެސަރަޙައްދުގައި ދުމުގެ އަސަރު އެބަހުރި ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއެވެ.