ދުނިޔެ

ކުޑަކުދިންނަށް ޖެހޭ ބަލިތަކަށް ފަރުވާ ހޯދުމަށް 3 ބިލިއަން ޑޮލަރު


ކުޑަކުދިންނަށް ޖެހޭ އެކި ބަލިތަކުގެ ފަރުވާ ހޯދުމަށް ސައިންސާއި ސިއްޚީ ވަޞީލަތްތައް ކުރިއަރުވާ ތަރައްޤީ ކުރުމަށް 3 ބިލިއަނަށްވުރެ ގިނަ އެމެރިކާ ޑޮލަރު ޚަރަދުކުރާނެކަމަށް ފޭސްބުކްގެ ސީއީއޯ ހާމަކޮށްފިއެވެ.

fb:https://www.facebook.com/zuck/videos/10103120865133051/

މިކަން އިޢުލާނުކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ފޭސްބުކްގެ ސީއީއޯ މާރކް ޒަކަރބަރގް އަދި އޭނާގެ އަންހެނުން މި މަސައްކަތަށް 3 ބިލިއަނަށްވުރެ ގިނަ ޑޮލަރު ޚަރަދު ކުރާނީ ކުރިޔަށް އޮތް 10 އަހަރު ދުވަހަށް ބަހާލައިގެން ކަމަށް ވަނީ ބުނެފައެވެ. އަދި މިކަން ޙާޞިލްކުރުމަށް ކުރާ މަސައްކަތުގައި ބިނާކުރަނިވި ވިސްނުންހުރި ސައިންޓިސްޓުންނާއި ބަޔޯއިންޖިނޭރުން ހޯދާނެ ކަމަށް ބުނެފައިވެއެވެ. މި މަސައްކަތުގެ ދަށުން "ބަޔޯހަބް" ކިޔާ ބަޔޯސައިންސް ރިސަރޗް ސެންޓަރެއް ޤާއިމްކުރެވިގެންދާނެ ކަމަށްވެސް ފޭސްބުކްގެ ސީއީއޯ ޒަކަރބަރގް ބުނެފައިވެއެވެ.