ކުޅިވަރު

އީގަލްސް އަނެއްކާވެސް ތާވަލްގެ 2 ވަނައަށް


ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް ބަލިކޮށް ކްލަބް އީގަލްސް އުރީދޫ ދިވެހި ޕްރިމިއަރ ލީގު ތާވަލްގެ 2 ވަނަ މަޤާމަށް އަލުން ޖެހިލައިފިއެވެ. 

ގަލޮޅު ދަނޑުގައި މިއަދު ހަވީރު ނިއުރޭޑިއަންޓާ ދެކޮޅަށް ކުޅުނު މެޗް އީގަލްސް ކާމިޔަބުކުރީ އެކެއް ސުމަކުންނެވެ. މެޗްގައި އީގަލްސްއިން ކާމިޔަބުކުރި ހަމައެކަނި ލަނޑު 2 ވަނަ ހާފްގައި ކާމިޔާބު ކޮށްދިނީ އީގަލްސްގެ ބިދޭސީ ކުޅުންތެރިޔާ ރިސްޓޭއެވެ. މެޗްގައި ލަނޑު ޖަހާނެ ގިނަ ފުރުޞަތުވެސް ލިބިފައިވަނީ އީގަލްސްއަށްކަން ފާހަގަކޮށްލަންޖެހެއެވެ. ނަމަވެސް ދެވަނަހާފްގެ 58ވަނަ މިނިޓްގައި ނިއުރެޑިއަންޓްގެ އަޙްމަދު ނިޔާޒް ފޮނުވާލި ނުރައްކާތެރި ޙަމަލާ އަމާޒްވީ ގޯލްގެ އަރިމަތީ ދަނޑިއަށެވެ. 

މިނަތީޖާއާއެކު ތާވަލްގެ 4 ވަނަ މަޤާމަށް އެރުމަށް ނިއުރެޑިއަންޓަށް މިއަދު ލުބުނު ފުރުޞަތުވެސްވަނީ ގެއްލިފައެވެ. އީގަލްސް 2 ވަނަ މަޤާމަށް ޖެހިލީ ތިރީސް ފަސްޕޮއިންޓާއެކު. ލީގުގެ ޗެމްޕިއަންކަން މާޒިޔާ ހޯދި ނަމަވެސް ތާވަލްގެ ދެވަނަ މަޤާމަށް ޓީސީ ސްޕޯޓްސްއަށްވެސް އެރުމުގެ ފުރުޞަތު އެބައޮތެވެ. ވިކްޓްރީގެ މައްޗަށް މިރޭ ޓީސީ ކުރި ހޯދައިފިނަމަ ތާވަލްގެ 2 ވަނަ މަޤާމަށް އަރާނީ ޓީސީއެވެ. ވިކްޓްރީއާއި ޓީސީ ވާދަކުރާ މެޗް ފަށާނީ މިރޭ ނުވައެއް ޖަހާއިރެވެ.