ޚަބަރު

ރާއްޖެއާއެކު އޮތް ގުޅުން ބަދަހި ކުރުމަށް މަޝްވަރާކުރައްވައިފި


އދ.ގެ ޢާއްމު ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ފޮރިން މިނިސްޓަރ ޑރ. އަޙްމަދު ޢާޞިމް އެމެރިކާގެ ނިއުޔޯކޮށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ހަވާސާގައި، ރާއްޖެއާއި ގާތްގުޅުން އޮންނަ ބައެއް ޤައުމުތަކުގެ ފޮރިން މިނިސްޓަރުންނާ ބައްދަލުކުރައްވައިފިއެވެ.

71 ވަނަ އދ.ގެ ޢާއްމު ބައްދަލުވުމުގައި ބައިވެރިވާ ދިވެހިރާއްޖޭގެ ވަފްދުގައި އެންމެ އިސްކޮށް ހުންނަވަނީ ޑރ. ޢާޞިމްއެވެ.

މި ބައްދަލުވުމުގެ ހަވާސާގައި ޑރ. ޢާޞިމް ވަނީ ޔުނައިޓެޑް އެރެބް އެމިރޭޓްސް، ނިއުޒިލެންޑް އަދި ސިންގަޕޫރުގެ ފޮރިން މިނިސްޓަރުންނާއި ބައްދަލުކުރައްވާފައެވެ.

ވަކިވަކިން ބޭއްވެވި، މި ބައްދަލުކުރެއްވުންތަކުގައި ޑރ. އާސިމް ވަނީ އެ ޤައުމުތަކާއި ރާޢްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް، ބަދަހިކުރުމާއި، އަދި އެކި ދާއިރާތަކުން ރާއްޖެއަށް އެހީތެރިކަން ހޯއްދެވުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

މީގެ އިތުރުން، ރައްޔިތުންނަށް ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ޓެކްނޮލޮޖީގެ ދައުރާ ބެހޭގޮތުން ބަންގްލަދޭޝްއިން ވިލަރެސްކުރި ބައްދަލުވުމެއްގައި ޑރ. ޢާޞިމް ވަނީ، މިކަމުގައި ރާއްޖޭގެ ތަޖުރިބާ ޙިއްޞާ ކުރައްވާފައެވެ.