ޚަބަރު

ކުޑަކުދިންގެ ކައިވެނިކުރެވޭނީ ސުޕްރީމްކޯޓުން ހުއްދަ ލިބިގެން


އުމުރުން 18 އަހަރު ނުފުރޭ ކުދިންނަށް ސުޕްރީމްކޯޓުގެ ހުއްދަ ހޯދައިގެން މެނުވީ ކައިވެނި ނުކުރެވޭގޮތަށް ޢާއިލާއާ ބެހޭ ޤަވާޢިދު އިޞްލާޙް ކުރައްވައިފިއެވެ. 

ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުން ޢާއިލާއާ ބެހޭ ޤަވާޢިދަށް ގެންނަވާފައިވާ އިޞްލާޙުގައިވާ ގޮތުން އުމުރުން 18 އަހަރު ނުފުރޭ ކުއްޖެއްގެ ކައިވެނި ކުރެވޭނީ ސުޕްރީމްކޯޓުގެ ޙުއްދަ ހޯދައިގެނެވެ. އަދި އެކަމުގެ ޙުއްދައަށް އެދޭއިރު ޖެންޑަރ މިނިސްޓްރީގެ އެސެސްމަންޓް ރިޕޯޓެއް ހުށަހަޅަންޖެހޭނެކަމަށް ސުޕްރީމްކޯޓުން ޢާއިލާއާ ބެހޭ ޤަވާޢިދަށް ގެންނެވި އިޞްލާޙުގައިވެއެވެ. 

ޤަވާއިދު ކުރިން އޮތް ގޮތުން 18 އަހަރު ނުފުރޭ ކުއްޖެއްގެ ކައިވެނި ޢާއިލާއާ ބެހޭ ކޯޓަށް ފެނިއްޖެ ހިނދެއްގައި ކުރެވޭނެއެވެ. އިތުރު ފަރާތެއްގެ ހުއްދައެއް ހޯދާކަށް ނުޖެހެއެވެ.