ޚަބަރު

8 ކިލޯގެ މަސްތުވާތަކެއްޗާއެކު މާލެއިން މީހަކު ހައްޔަރުކޮށްފި


މާލޭގެ ގެއެއް ބަލައި ފާސްކޮށް 8 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ ރޭ ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 23 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. އަދި ހޭޝް އޮއިލްކަމަށް ބެލެވޭ މަސްތުވާތަކެތި ފެނިފައިވަނީ މާފަންނު ޝަބީނާގޭގައި ކުއްޔަށްދީފައި ހުރި ތަނެއްގެ ތެރެއިންކަމަށް ފުލުހުން ވިދާޅުވެއެވެ. ފުލުހުން ވިދާޅުވީ ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ކޯޓުން ދެއްވާފައިވާކަމަށެވެ. 

މި މައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސްގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ އިތުރަށް ތަޙްޤީޤް ކުރަމުންކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.