ޚަބަރު

ޕްރޮސެކިއުޓަރުންގެ އަހަރީ ބައްދަލުވުމުގައި ޕީޖީ ބައިވެރިވެއްޖެ


އިންޓަރނޭޝަނަލް އެސޯސިއޭޝަން އޮފް ޕްރޮސިކިއުޓަރސްގެ 21 ވަނަ އަހަރީ ކޮންފަރަންސް އަދި ޖެނެރަލް މީޓިންގ ގައި ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު ބިސާމް ބައިވެރިވެވަޑައިގެންފިއެވެ. 

މިމަހުގެ 11 އިން 15 އަށް އަޔަރލަންޑްގެ ޑަބްލިންގައި ކުރިއަށް ދިޔަ މި ކޮންފަރަންސްގެ ތީމަކީ 'ދަ ޕްރޮސިކިއުޓަރ އެންޑް ދަ އިންވެސްޓިގޭޓަރ' އެވެ. މި ކޮންފަރަންސްގައި ޕްރޮސިކިއުޓަރ ޖެނެރަލްވަނީ "ޖުވެނައިލް ޕްރޮސިކިއުޝަންސް" އާބެހޭގޮތުން ޕްރެޒެންޓޭޝަންއެއް ހުށަހަޅުއްވާދެއްވާފައެވެ. އެ ޕްރެޒެންޓޭޝަންގައި ކުޑަކުދިންގެ މައްޗަށް ދަޢުވާ އުފުލުމުގައި ދިވެހިރާއްޖެއިން ގެންގުޅޭ އުޞޫލުތަކާއި އެދާއިރާގައި ހުރި ގޮންޖެހުންތަކުގެ މައްޗަށްވެސް ޕީޖީ އަލިއަޅުއްވާލެއްވިއެވެ.  

4 ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ ކޮންފަރަންސްގެ ބޭރުން އެކި ގައުމުތަކުގެ އެޓަރނީ ޖެނެރަލުންނާއި ޕްރޮސިކިއުޝަން ސަރވިސްގެ ހެޑުންނާ ވަކި ވަކިން ޕްރޮސިކިއުޓަރ ޖެެނެރަލް ބައްދަލުކުރެއްވިއެވެ. ގާތްގަނޑަކަށް 90 ޤައުމުން 500 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވި އަހަރީ ކޮންފަރަންސްގައި ބައިވެރިވެވަޑައިގަތުމަށްފަހު ޕްރޮސިކިއުޓަރ ޖެެނެރަލް އެނބުރި ރާއްޖެ ވަޑައިގަތީ މިމަހުގެ 17 ވަނަ ދުވަހުއެވެ.