ވިޔަފާރި

މާރުކޭޓަށް އެންމެ ގިނަ ތަކެތި ގެނެސްފައިވަނީ ތޮއްޑޫއިން


ވޭތުވެދިޔަ އޮގަސްޓްމަހުގެ އަށާވީހުން ސެޕްޓެންބަރުމަހުގެ އެކަކަށް، މާލޭ މާރުކޭޓަށް އަތޮޅުތަކުން އެންމެ ގިނައިން ދަނޑުވެރިކަމުގެ ބާވަތްތައް ގެނެސްފައިވަނީ އއ. އަތޮޅުންކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުން ވިދާޅުވެއްޖެއެވެ.

އެމިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ދަނޑުވެރިކަމުގެ ބާވަތްތަކުގެ ތެރެއިން ފަސްދޮޅަސް އިންސައްތަ ޙިއްޞާކުރަނީ އއ. އަތޮޅުންނެވެ. ދެން އެންމެ ގިނައިން މާލޭ މާރުކޭޓަށް ތަކެތި ގެނެސްފައިވަނީ ލ. އަތޮޅުންނެވެ. އެއީ 12 އިންސައްތައެވެ. މީގެ އިތުރުން، ބ.އަތޮޅާއި ށ. އަތޮޅު އެއްވަރަކަށް ޙިއްޞާކުރިއިރު، ކ. އަތޮޅުން 5 އިންސައްތަ ޙިއްޞާކުރެއެވެ. އަދި އދ. އަތޮޅުން 4 އިންސައްތަ ހިއްސާކުރެއެވެ.

އެންމެ މަދުން މާލޭ މާރުކޭޓަށް ދަނޑުވެރިކަމުގެ ބާވަތްތައް ގެނެސްފައިވަނީ ގ.ދ އަތޮޅުންނެވެ. އެއީ އެންމެ 2 އިންސައްތައެވެ. އަތޮޅުތަކުން މާލެ، އެންމެ ގިނައިން ގެނެސްފައިވާ ބާވަތްތަކަކީ ކާށްޓާއި، ކުރުނބާ، އަދި ފަޅޯލެވެ.

މައިގަނޑުގޮތެއްގައި މާލޭގެ މާރުކޭޓަށް ގެނެސްފައިވާ ދަނޑުވެރިކަމުގެ ބާވަތްތަކަކީ، ބަށި، ބަރަބޯ، ކާށި، ކިޔުކަމްބާ، ކުރުނބާ، ފަޅޯ، ފަތްކެޔޮ، ގިތެޔޮމިރުސް، ޖުމްހޫރީ މޭވާ އަދި ޗައިނީސް ކެބެޖެވެ.