ޚަބަރު

ރަމަޟާން ބެޑްމިންޓަން ކަޕްގެ ޗެމްޕިއަންކަން 'ރެޑް' ޓީމަށް


22 ވަނަ ރަމަޟާން ބެޑްމިންޓަން ކަޕް 2026 ގެ ޗެމްޕިއަންކަން 'ވައިޓް ޓީމް' ބަލިކޮށް 'ރެޑް' ޓީމުން ހޯދައިފިއެވެ.

މާލޭ ސްޕޯޓްސް ކޮމްޕްލެކްސްގެ ބެޓްމިންޓަން ހޯލުގައި ކުރިޔަށް ގެންދިޔަ މި މުބާރުގެ ފައިނަލް މެޗު ޝަރަފުވެރިކޮށްދެއްވާ ޗެމްޕިއަންޓީމަށް މެޑައްޔާ ޓްރޮފީ ހަވާލުކޮށްދެއްވީ ރާއްޖޭގެ ކުޅިވަރަށް ގިނަ އަހަރުތަކެއް ހިދުމަތްތަކެއް ކޮށްދެއްވާފައިވާ މުޙައްމަދު އިސްމާއިލެވެ.

ފެބުރުވަރީ 21-25 އަށް ކުރިޔަށް ގެންދިޔަ ރަމަޟާން ބެޑްމިންޓަން ކަޕް 2026ގެ ރަނަރަޕް ޓީމަށް އިނާމާއި މެޑަލް ހަވާލުކޮށްދެއްވީ މަޝްހޫރު ވިޔަފާރިވެރިވާ އަހުމަދު ނާސިރު (މައްލާ) އެވެ. މުބާރާތުގެ ތިންވަނަ ހޯދީ ބުލޫ ޓީމުންނެވެ.

އެކުވެނީގެ ބެޓްމިންޓަން ހޯލުގައި ކުރިޔަށްދާ މި މުބާރާތުގައި ޖުމްލަ 6 ޓީމުން ވާދަކުރިއެވެ. އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް ޓީމުތަކަށް ނަންދީފައިވަނީ އެކު ކުލަތަކުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ރެޑް، ބުލޫ، ބުލެކް، ވައިޓް، ޔެލޯ، އަދި ގްރީން ޓީމެވެ.

ރެޑް ޓީމުން ޗެމްޕިއަންކަން ހޯދީ ތިން ސެޓު އެއް ސެޓުން ފައިނަލުގައި ވައިޓް ޓީމު ބަލިކޮށްގެންނެވެ. ތިންވަނަ ހޮވި މެޗު ގްރީން ޓީމުން ކާމިޔާބުކުރީ 3 ސެޓު 2 ސެޓުންނެވެ.

މިއީ ބެޓްމިންޓަން އެސޯސިއޭސަން އޮފް މޯލްޑިވްސް (ބީއޭއެމް) އާއި ކުލަބުތަކުން ގުޅިގެން އިންތިޒާމުކުރި މުބާރާތެކެވެ.

މުބާރާތް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި ބީއޭއެމްގެ ބީއޭއެމްގެ ހިންގާ ކޮމިޓީގެ މެންބަރު، މިންނާ ރަޝީދު ބުނީ މުބާރާތަށް ވަރަށް ބޮޑު ތަހުރީބެއް ލިބުނު ކަމަށާއި އެއްވެސް މައްސަލައެއް ނުޖެހި ކާމިޔާބުކަމާއެކު ނިންމާލެވުނު ކަމަށެވެ. އަދި މުބާރާތް ކުރިޔަށް ގެންދިއުމަށް ބައިވެރިންގެ ފަރާތުން ބޮޑު އެއްބާރުލުމެއް ލިބުނު ކަމަށެވެ.

ޗެމްޕިއަންޓީމުނ ބުނީ މިއީ މުޅި ޓީމުގެ މަސައްކަތް ކަމަށެވެ. އަދި ތައްޔާރުވާން ލިބުނީ ކުޑަ ދުވަސްކޮޅެއް ނަމަވެސް ޗެމްޕިއަންކަން ލިބުމުން ޓީމުގެ ހުރިހާ މެންބަރުން ކުރި މަސައްކަތްތަށް ޝުކުރު ހައްގު ކަމަށެވެ.

ރަނަރަޕް ޓީމުން ބުނީ މުބާރާތާއި ކުރިމަތިލީ ފައިނަލާއި ހަމައަށް ދާނެ ކަމުގެ އުންމީދުގައި ނޫން ކަމަށާއި އެހެން ނަމަވެސް މިވަރުގެ ކާމިޔާބެއް ލިބުމުން އުފާ ކުރާކަމަށެވެ. އަދި އަންނަ އަހަރު ބާއްވާ މި މުބާރާތުގެ ތަށި ނެގުމަށް މަސައްކަތް ކުރާނެކަމަށެވެ.