ޚަބަރު

ހުޅުމާލެ ރޯހައުސްއެއްގައި ހުރި ބަނގުރާ ކޭސްތަކެއް ހޯދައިފި


ހުޅުމާލޭގައި ބިދޭސީން އުޅޭ ކަމަށް ބެލެވޭ ރޯހައުސް އަކުން ގިނަ ޢަދަދެއްގެ ބަނގުރާފުޅި އާއި ދަޅުތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ. 

ފުލުހުން ވިދާޅުވީ ޢާއްމު ފަރާތަކުން ހުޅުމާލޭ ޕޮލިސް ސްޓޭޝަނަށް ދިން މަޢުލޫމާތަކާ ގުޅިގެން ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނުގައި 100 ކޭހަށްވުރެ ގިނަ ބަނގުރާ ފުޅިއާއި ދަޅު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށެވެ. އަދި މިހާތަނަށް ބެލިބެލުމުން މިތަކެތި ރޯހައުސްއަށް ވައްދާފައިވަނީ ބޮޑެތި ދަބަސްތަކެއްގައިކަން އެނގިފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. 

ފުލުހުން ވިދާޅުވީ މިމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާކަމަށެވެ.