ޚަބަރު

ރާއްޖޭގައި ތިބި ބީޑަބްލިއުއެފް ސެޓިފައިޑް ކޯޗުންގެ ދަފްތަރެއް އެކުލަވާލަނީ


  • ދަފްތަރު ކުރާ ކޯޗުންނަށް މިއަހަރަށް ރާވަމުންދާ އޮލިމްޕިކް ސޮލިޑަރިޓީ ކޯޗިންގ ކޯހުގެ ފުރުސަތު ފަހިވާނެ

  • ބީ.ޑަބްލިއު.އެފް ލެވަލް 2 ކޯޗިންގ ކޯހުގައި ފުރުޞަތު ދިނުމުގައިވެސް އިސްކަންދޭނެ

ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) ސެޓިފައިޑް ހުރިހާ ކޯޗުންގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) ބުނެފިއެވެ.

އެހެންކަމުން މިއަހަރަށް ރާވަމުންދާ އޮލިމްޕިކް ސޮލިޑަރިޓީ ކޯޗިންގ ކޯސް އަދި ބީ.ޑަބްލިއު.އެފް ލެވަލް 2 ކޯޗިންގ ކޯހުގައި ފުރުޞަތު ދިނުމުގައި މިއެކުލަވާލެވޭ ދަފްތަރަށް އިސްކަން ދެވޭނެކަންވެސް އެސޯސިއޭޝަނުން ބުނެއެވެ.

ބީއޭއެމް އިން ބުނީ މިވަގުތު ރާއްޖޭގައި ތަމްރީން ވެފައިތިބި ބީ.ޑަބްލިއު.އެފް ސެޓިފައިޑް ހުރިހާ ކޯޗުން އެފަރާތެއްގެ މަޢުލޫމާތު 05 މާރިޗު 2026 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްއަށް ހުށަހެޅުމަށް އެދޭ ކަމަށެވެ.
 
އެސޯސިއޭޝަނަށް ހުށަހަޅަން ޖެހޭ ލިޔެކިއުންތަކަކީ ކޯޗުން ސެޓިފިކެޓް އަދި އައިޑި ކާޑު ކޮޕީއެވެ. އެތަކެތި އީމެއިލްގެ ޒަރިއްޔާއިން ފޮނުވަންޖެހޭނީ [email protected] އަށެވެ.
 
މިކަމާއި ގުޅޭ އިތުރު މަޢުލޫމާތު މިއެސޯސިއޭޝަންގެ ފޯން ނަމްބަރ 3314057 އަށް ގުޅުއްވައިގެން ނުވަތަ ވަޓްސްއެޕް 9904057 ކުރައްވައިގެން މަޢުލޫމާތު ސާފުކުރެވޭނެ ކަމަށް ބީއޭއެމުން ބުނެއެވެ.

ބީ.ޑަބްލިއު.އެފް ސެޓިފައިޑް ކޯޗުންގެ މައުލޫމާތު އެސޯސިއޭޝަނާއި ހިއްސާކުރުމަށް ދީފައިވާ ސުންގަޑިއަކީ 05 މާރިޗު 2026 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.

ބެޑްމިންޓަން އެސޯސިއޭޝަން ބީޑަބްލިއުއެފްގެ ސަސްޕެންޝަނުން ވީއްލި އަލުން އިންތިހާބު ބާއްވައިގެން މިއަހަރަށް އެކި ހަރަކާތްތައް ރާވަމުން އަންނައިރު މި އަހަރު ބައިނަލްއަގްވާމީ މުބާރާތްތަކަށް ރާއްޖޭގެ އެތުލީޓުންނަށް ފުރުސަތު ހޯދައިދޭނެއެވެ.

ސަރަހައްދީ މުބާރާތްތަކުގެ އިތުރުން ރާއްޖޭގައި ބެޑްމިންޓަންގެ ގިނަ ހަރަކާތްތަކެއް ކުރިޔަށް ގެންދިއުމަށް އައު ހިންގަ ކޮމިޓީން ވަނީ މަސައްކަތް ފަށައިގެންފައެވެ.