ޓްރެންޓް އެލެގްޒެންޑާ އާނޮލްޑާއި ހެރީ މެގުއާ އަދި އެންތަނީ ގޯޑަން އަށް ވޯލްޑް ކަޕަށްދާ އިނގިރޭސި ގައުމީ ޓީމުން ޖާގަ ނުލިބުން ގާތް ކަމަށް އެ ގައުމުގެ މީޑިއާތަކުން ބުނަން ފަށައިފި އެވެ.
ކޯޗު ތޯމަސް ޓުޗެލް މިހާތަނަށް ފާހަގަކޮށްފައިވާ ކުޅުންތެރިންނަށް ބަލާއިރު މި ތިން ކުޅުންތެރިންނަކީ ވެސް އަދި ޓީމުން ޖާގަ ނުލިބި ރިޒާވްގައި ތިބި ކުޅުންތެރިންނެވެ.
ނަމަވެސް ކުރިއަށް އޮތް މާޗު މަހު އުރުގުއޭ އާއި ޖަޕާނާ ދެކޮޅަށް ކުޅޭ މެޗުތަކަކީ ގާތްގަނޑަކަށް ޓީމު ފައިނަލް ކުރާނެ މެޗުތަކެއް ކަމަށް ވެސް މީޑިއާތަކުން ލަފާކުރެ އެވެ.
އިނގިރޭސި ވަކިވަކި ޑިޕާޓްމަންޓްތަކަށް ބަލާއިރު ގޯލްކީޕަރުންގެ ތިން ޖާގައިގެ ތެރެއިން ޖޯޑަން ފިކްފޯޑާއި ޑީން ހެންޑަސަން އަށް ޖާގަ ލިބޭނެ އެވެ. ނަމަވެސް ބާކީ ޖާގަ އަށް ވާދަ ކުރަނީ ނިކް ޕޯޕް އާއި ޖޭމްސް ޓްރަފޯޑެވެ.
ޑިފެންޑަރުންގެ ތެރެއިން ޓުޗެލްގެ ޕްލޭނުގައި ހިމެނޭކަން ކަށަވަރުވެފައިވާ ކުޅުންތެރިންނަކީ ރީސް ޖޭމްސް އާއި މާކް ގުއޭއީ އަދި އެޒްރީ ކޮންސާ އާއި ބާން އެވެ. މެންޗެސްޓާ ޔުނައިޓެޑްގެ ހެރީ މެގުއާ އާއި ލޫކް ޝޯ އަދި ރެއާލް މެޑްރިޑްގެ އާނޮލްޑް ހިމެނެނީ ރިޒާވް ލިސްޓުގަ އެވެ.
މިޑްފީލްޑަރުންނަށް ބަލާއިރު އެންޑަސަން އާއި ޑިކްލައިން ރައިސް އަދި ޖޫޑް ބެލިންހަމާއި ރޮގާސްގެ އިތުރުން ޖޯޑަން ހެންޑަސަން އަކީ ޓީމުން ޖާގަ ލިބޭނެ ކަމަށް ބެލެވުފައިވާ ކުޅުންތެރިންނެވެ. އަދި ފޯވަޑުންގެ ގޮތުގައި ނަގާނެ ކަމަށް ބެލެވިފައިވަނީ ހެރީކޭން އާއި ބުކަޔޯކާ ސަކާ އާއި ކޯލް ޕަލްމާ އަދި މާކަސް ރަޝްފޯޑާއި މަޑުއޭކޭ އެވެ.