ޚަބަރު

ޚަބަރެއް ނުވެގެން ހޯދަމުންދިޔަ ''އަޖުމަ'' ދޯނީގެ ޚަބަރެއް ވެއްޖެ


ކަންނެލި މަސްވެރިކަމަށް ނިކުމެ އެޅުނިކޮށް ޚަބަރެއް ނުވެގެން ހޯދަމުންދިޔަ ''އަޖުމަ'' ދޯނީގެ ޚަބަރެއް ވެއްޖެކަމަށް އެމްއެންޑިއެފުން ހާމަކުރައްވައިފިއެވެ.

މި ދޯނީގައި ތިބި އެންމެންގެ ޙާލުވެސް ރަނގަޅު ކަމަށާއި މިހާރު މި ދޯނި އޮތީ ބ.އަތޮޅުގެ ދިހަ މޭލު ބޭރުގައި ކަމަށް އެންއެންޑިއެފުން މަޢުލޫމާތުދެއްވައެވެ. މި ދޯނީގެ ޚަބަރެއް ނުވެ ދިޔައީ ފޯނުގެ ރޭންޖު ނުލިބޭ ދުރު ހިސާބެއްގައި ދޯނި އޮތުމުން ކަމަށްވެސް ދޯނީގެ ކެޕްޓަނާ ޙަވާލާދީ އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ.

ތޭރަ މީހުންނާއެކު ކަންނެލި މަސްވެރިކަމަށް ނިކުމެ އުޅުނު މި ދޯނީގެ ޚަބަރެއް ނުގެން އެމްއެންޑީއެފަށް ރިޕޯޓް ކޮށްފައިވަނީ ރޭގައެވެ. ހަތްދިހަ އަށް ފޫޓުގެ ''އަޖުމަ'' ދޯނި މަސްވެރިކަމަށް ނިކުމެފައިވަނީ މިމަހުގެ ބާރަވަނަ ދުވަހު ރ.ރަސްގެތީމުން ފުރައިގެންނެވެ.