ދުނިޔެ

ޕެރިހުގައި ކުއްލި ސަލާމަތީ އޮޕަރޭޝަނެއް ހިންގައިފި


ފަރަންސޭސިވިލާތުގެ ޕެރިހުގެ މެދުތެރޭގެ އެކި ސަރަޙައްދުތަކުގައި ކުއްލި ސަލާމަތީ އޮޕަރޭޝަނެއް ހިންގައިފިއެވެ.

މި އޮޕަރޭޝަން ހިންގާފައިވަނީ އާއްމުންގެ ބަޔަކު ރަހީނުކޮށްފައިވާ ކަމަށް ބުނެ އެޤައުމުގެ ސަލާމަތީ ބާރުތަކަށް އައި އިންޒާރުގެ ފޯނު ކޯލަކާއި ގުޅިގެން ކަމަށް އެޤައުމުން ބުނެއެވެ. އެހެންނަމަވެސް މިއޮޕަރޭޝަން ހިންގީ ފޯނުކޯލުން ލިބުނު ދޮގު މަޢުލޫމާތެއްގެ މައްޗަށް ބިނާކޮށް ކަމަށްވެސް ބުނެފައިވެއެވެ.

މި ކުއްލި އޮޕަރޭޝަން ހިންގުމަށް އެސަރަޙައްދުތަކުން އާއްމުން ބޭރުކޮށް، ޓްރެފިކް އެހެން ސަރަޙައްދުތަކަށް ބަދަލުކޮށް، މީހުނަށް ނުވަދެވޭ ގޮތަށް މުޅި ސަރަޙައްދު ކޯޑޯން ކޮށްފައިވެއެވެ. މި އޮޕަރޭޝަން ހިންގުމަށްފަހު އެ ސަރަޙައްދުގައި އެއްވެސް ނުރައްކަލެއްނުވާކަން ކަށަވަރުވުމާއެކު އެސަރަޙައްދު އަލުން ހުޅުވައި، އާއްމު ޙާލަތަކަށް ގެނެސްފައިވެއެވެ.

 ފަރަންސޭސިވިލާތުގައި މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ދިން ޓެރަރިސްޓު ޙަމަލާތަކުގައި މިހާތަނަށް 230 މީހުން މަރުވެފައިވެއެވެ.