ޚަބަރު

ޓީމު އިވެންޓުގެ ޗެމްޕިއަންކަން އެމްޕީއެލް އަދި ސީއާރްސީއަށް


  • އަންހެން ސިންގަލްސްގެ ޗެމްޕިއަންކަން ހޯދީ ބީއެމްއެލްގެ ރައުފާ

  • ފުރަތަމަ ޑިވިޝަނުގެ މެންސް ސިންގަލްސްގެ ޗެމްޕިއަންކަން ހޯދީ އެމްޕީއެލްގެ ޖީހާން

13 ވަނަ އިންޓަރއޮފީސް ބިލިއާޑް މުބާރާތުގެ ޓީމު އިވެންޓުގެ ފިރިހެން ޗެމްޕިއަންކަން އެމްޕީއެލް އަދި އަންހެން ޗެމްޕިއަންކަން ކަސްޓަމްސް ރެކްރިއޭޝަން ކުލަބު (ސީއާރްސީން) އިން ހޯދައިފިއެވެ.

ފިރިހެން ޓީމު އިވެންޓުގެ ރަނަރަޕްކަން ހޯދީ އެމްއެންޑީއެފުންނެވެ. ޓީމު އިވެންޓުގެ ތިންވަނަ ހޯދީ ޓީއެމްއޭއެވެ.
އަންހެން ޓީމު އިވެންޓުގެ ދެވަނަ ހޯދީ ބީއެމްއެލްއެވެ. 3 ވަނަ ހޯދީ އެމްއެންޑީއެފްއެވެ.

އަންހެން ސިންގަލްސްގެ ޗެމްޕިއަންކަން ހޯދީ ބީއެމްއެލްގެ ފާތިމަތު ރައުފާ މުހައްމަދު ހާފިޒެވެ. ރަނަރަޕްކަން ހޯދީ ބީއެމްއެލްގެ ފާތިމަތު ޝަމްނާ ޝަމޫންނެވެ. ތިންވަނަ ހޯދީ ސީއާރްސީގެ އާމިނަތު ހަލީމެވެ.

ފިރިހެން ސިންގަލްސްގެ ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދީ އެމްއެންޑީއެފްގެ މުޙައްމަދު މައުރޫފެވެ. 2 ވަނަ ހޯދީ އެމްޕީއެލްގެ ޢަބްދުﷲ އަފީފެވެ. ތިން ވަނަ ހޯދީ އެމްޕީއެލްގެ މުޙައްމަދު ދުންޔާޒްއެވެ.

ފުރަތަމަ ޑިވިޝަނުގެ މެންސް ސިންގަލްސްގެ ޗެމްޕިއަންކަން ހޯދީ އެމްޕީއެލްގެ އިސްމާޢީލް ޖީހާނެވެ. ދެވަނަ ހޯދީ އެމްޕީއެލްގެ ޢަބްދުﷲ އަފީފެވެ. ތިންވަނަ ހޯދީ އެމްއެންޑީއެފްގެ އަޙަމަދު ފަޒްލީނެވެ.

މާލެ ޕޫލް ބިލިއާޑް ހޯލުގައި ކުޅުން ކުރިޔަށް ގެންދިޔަ މި މުބާރާތުގެ ޓީމު އިވެންޓުތައް ކުރިޔަށްދިޔައީ ފެބުރުވަރީ 3-6 ގެ ނިޔަލަށެވެ.

މުބާރާތުގައި ޖުމްލަ 12 ޓީމު ވާދަކުރިއެވެ. އޭގެތެރޭގައި ހިމެނެނީ ބީއެމްއެލް، ރައީސް އޮފީސް، އެމްއައިބީ، ސްޓެލްކޯ، އެމްއެންޑީއެފް، އެމްޑަބްލިއުއެސްސީ، ޓީއެމްއޭ، ސީއާރްސީ، އެމްޕީއެލް، އެސްޓީއޯ، ދިރާގު އަދި ސްޓެލްކޯއެވެ.