ޚަބަރު

ހުޅުމާލެގައި ހިނގި އެކްސިޑެންޓެއްގައި 2 މީހަކަށް އަނިޔާވެއްޖެ


ހުޅުމަލޭގައި ޕިކަޕަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި 2 މީހަކަށް އަނިޔާވެއްޖެއެވެ.

މި ދެމީހުންނަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު އެތަނުން އެކަކުގެ ހާލު ސީރިއަސްކަމަށް ޕީއެސްއެމްއަށް މަޢުލޫމާތު ލިބިފައިވެއެވެ. މި ހާދިސާގައި އަނިޔާވެފައިވަނީ ސައިކަލް ދުއްވަން އިން ދެ މީހުންނަށް ކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ. 

މިއަދު ހަވީރު ހިނގި މި އެކްސިޑެންޓުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ހަވީރު 3:50 އެހާއިރުކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލޭގައި އެސްޓީއޯއިން ތަރައްޤީކުރަމުންދާ ހޮޓާ ހުންނަ ދިމާލުން ބޭރު މަގުގައި ކަމަށް މަޢުލޫމާތު ލިބެއެވެ.