ޚަބަރު

ޙައްޖަށްދިޔަ ދިވެހި އަންހެނަކު ނިޔާވެއްޖެ


ޙައްޖުގެ މަތިވެރި އަޅުކަން އަދާ ކުރުމަށް ސައުދީ އަރަބިއްޔާއަށް ދިޔަ ދިވެހި އަންހެނަކު މައްކާގައި ނިޔާވެއްޖެއެވެ.

ނިޔާވީ، ރ. ހުޅުދުއްފާރު ފިނިގެ އުމުރުން 51 އަހަރުގެ ޖަމީލާ މުހައްމަދުއެވެ. ރޭގެ ވަގުތެއްހައި އޭނާ ނިޔާވީ ޙާލު ދެރަވެ މިމަހުގެ ފަސް ވަނަ ދުވަހުން ފެށިގެން ސައުދީގެ ކިންގް ފައިސަލް ހޮސްޕިޓަލްގައި ފަރުވާދެމުންދަނިކޮށެވެ. ޖަމީލާ މުޙައްމަދު، ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ދިޔައީ އެކްރޯ ޕްރައިވެޓް ލިމިޓެޑްގެ ހަވާލުގައެވެ. މަރުހޫމާގެ ޖަނާޒާގެ ކަންކަން އޮންނާނީ މިއަދުގެ އަސުރު ނަމާދަށްފަހު މަސްޖިދުލް ޙަރަމްގައެވެ.  

ރާއްޖެއިން ދިޔަ ޙައްޖުވެރިންގެ ތެރެއިން އިއްޔެރޭ ވަނީ ފުވައްމުލަކުގެ މީހަކުވެސް ނިޔާވެފައެވެ.